ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިން ޔުނިޓް ހާއްސަ ކުރާނީ އެ ރަށުގައި ދިރިއުޅޭ އަދި ބޯހިޔާވަހި ކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
23 ނޮވެމްބަރ 2025
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިން ޔުނިޓް ހާއްސަ ކުރާނީ އެ ރަށުގައި ދިރިއުޅޭ އަދި ބޯހިޔާވަހި ކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން ފްލެޓް އަޅަން ބީއެމްއެލް އަށް ސަރުކާރުން ވަނީ ހިލޭ ބިން ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަޅަން ދޫކުރި ބިން ވެސް ހިމެނެ އެވެ.
ވިލިމާލެ އަށް ވަޑައިގެން އެ އަވަށުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ވައުދަކީ 500 ހައުސިން ޔުނިޓް އެޅުން ކަމަށް ވިޔަސް ޖާގަ އޮތީ 300 ޔުނިޓަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ 300 ހައުސިން ޔުނިޓް ހާއްސަ ކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިޔާވަހި ކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ކަމަށެވެ. އަދި އޭގެ އިތުރުން ވެސް ވިލިމާލޭގައި ހައުސިން ޔުނިޓް މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިރޭ ވިލިމާލެ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި އެހެން ތަންތަން ހިއްކައިގެން ވެސް މަޝްރޫއުތައް ކުރިއަށް ގެންދަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށެވެ. އަދި އެކަމަށްޓަކައި އުތުރުތިލަފަޅު ވެސް މި އަހަރު ނިމުމުގެ ކުރިން ހިއްކަން ފަށާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ވިލިމާލޭގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުމަށް ހާޒިރުވި ބައެއް މީހުން.--- ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެއިން ދޫކުރަން މިހާރު އިއުލާންކޮށްފައިވާ 15،000 ގޯއްޗަށް ވިލިމާލޭގެ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭނެ ކަން ފާހަގަ ކުރައްވައި، އެ ތަންތަން ދާދި އަވަހަށް ދޫކުރުމުގެ މަސައްކަތް ނިންމާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ..
އެ މަނިކުފާނު ވިދާޅުވީ ވިލިމާލެ އަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ވައުދަކީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ވައުދު ކަމަށާއި ޗައިނާގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ކަންކަން މިހާރު ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާ އެ ރަށުގައި މިރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި މަގު ހަދާއިރު ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމަށް ހާޒިރުވި ގިނަ ބަޔަކު ވަނީ އެ މީހުންގެ އަމިއްލަ މައްސަލަތަކާއި އަދި ވިލިމާލޭގައި ހައްލު ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަތައް އެ މަނިކުފާނާ ހިއްސާ ކޮށްފަ އެވެ. ޓީވީތަކުން ލައިވްކުރި އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ އިން ކޮންމެ ކަމަކަށް އެޑްރެސް ކުރައްވައި އެ ކަންކަން ބައްލަވާނެ ކަަމަށެވެ.
ވިލިމާލޭގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުމަށް ހާޒިރުވި މީހަކު ރައީސާ މައްސަލައެއް ހިއްސާކުރަނީ.--- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިލިމާލޭގެ ރައްޔިތުންގެ ގާތަށް މިރޭ ވަޑައިގަތީ މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވާނެ ކަމަށް މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އިއުލާން ކުރެއްވުމަށް ފަހު އެވެ.
ރައީސް މުއިއްޒު އެ ރޭ އިއުލާން ކުރެއްވީ މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލޭގައި އުޅޭ މީހުންނާއި ވިޔަފާރިވެރިންނާ އެކު މި ހަފުތާ އިން ފެށިގެން ބައްދަލުކުރައްވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބަހާލައިގެން ބައްދަލުވުންތައް ބާއްވަން ފައްޓަވާނީ މި ހަފުތާގަ އެވެ. އަދި ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ހަފުތާއަކު ދެ ދުވަހު ވެސް ބައްދަލު ކުރެއްވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރު ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ.
އަގު ހެޔޮކޮށް ފްލެޓް އަޅަން ބިން ދިނީ ހިލޭ!
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
ހިޔާ/ވިނަރެސް އަށް ދޫކުރި ލޯނު އިންޓްރެސްޓް ކުޑަކުރަނީ
ފްލެޓް އަޅަން ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް
އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ބިން ހަވާލުކޮށްފި
ބީއެމްއެލުން ހިޔާވެހި ސްކީމްގެ ލޯނު ދޫކުރަން ފަށައިފި
ސަރުކާރުގެ ބޯހިވާހިކަމުގެ ސިޔާސަތު އިފުތިތާހުކޮށްފި
ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅަނީ
"ބީއެމްއެލް އިން އެންމެންގެ ހައްގު ހިމާޔަތްކޮށްދޭނެ"