މި އަހަރުގެ ހުޅަނގު މޫސުން ނިމެން ކައިރިވުމާ އެކު ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ކުރާނެ ކަމަށް ލަފާކޮށްފި އެވެ.
24 ނޮވެމްބަރ 2025
މި އަހަރުގެ ހުޅަނގު މޫސުން ނިމެން ކައިރިވުމާ އެކު ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ކުރާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމާ އެކު، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންވެ، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހުމާ އެކު، ގުގުރާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
Alert yellow for torrential rain and thunderstorms. pic.twitter.com/8EhWJf6iLM
— Maldives Meteorology (@MetMaldives) November 24, 2025
މޫސުމީ ލަފާކުރުންތައް މި ވަގުތު ދައްކާ ގޮތުގައި، ދެ މޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު މިއަދުން ފެށިގެން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހަށް ކުރާނެ އެވެ.
ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ބަންގާޅު ކަނޑުގައި މިވަގުތު އުފެދިފައިވާ ދެ ކޮޅިގަނޑުގެ ނުސީދާ އަސަރު ވެސް ރާއްޖެއަށް ދަނީ ކުރަމުންނެވެ. އެ ދެ ކޮޅިގަނޑު ބައްދަލުވެ، މި އަންނަ ބުދަ ދުވަހު ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތް ކަމަށްވާ ދޮށަ ނިމޭނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. މިހާރު މި ހިނގާ ނޮރަ ނަކަތުގައި އާންމުކޮށް މޫސުން ރަނގަޅު ވިޔަސް، ދޭތެރެ ދޭތެރެއިން ވިއްސާރަކޮށް، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިޔަސް ވިލާގަނޑުގައި ގަދަވާނެ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެން ދަނީ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެން ދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.
ކޮޅިގަނޑު ގަދަވެ، ކުރިއަށް އޮތީ ވިއްސާރަ 24ގަޑިއިރު
ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ
މި ފެށުނީ ވަރަށް ވިއްސާރަ ހަފުތާއެއް
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ: މެޓް
ހަފުތާ ބަންދުގައި ވިއްސާރަ ކުރާނެ: މެޓް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސް
ދެ ކޮޅިގަނޑުގެ އަސަރުކޮށް، މޫސުން ގޯސް ދުވަސްތަކެއް