ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
26 ނޮވެމްބަރ 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރާއި ދެން އަންނަ ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިއްސާރަ އަލިކޮށްލާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތިން ދުވަހުގެ ފަހުން އުތުރާއި ދެކުނަށް މޫސުން އަލިވާނެ ކަމަށް ބެލެވުނަސް، މެދު ރާއްޖެ ތެރެއަށް މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ފަސް ވަރަކަށް ދުވަސް ފަހުން،" އޮފިޝަލް ވިދާޅުވި އެވެ.
މެޓް އޮފީހުން ދެންމެ ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް 6:30 އާ ހަމައަށް ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
Alert yellow for torrential rain pic.twitter.com/GWVmRpklrB
— Maldives Meteorology (@MetMaldives) November 26, 2025
އިންޑިއާ އާއި ސްރީ ލަންކާ ކައިރިން ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވަމުން ދާއިރު، އޭގެ ނުސީދާ އަސަރު ރާއްޖެއަށް ދަނީ ކުރަމުންނެވެ. އެ ކޮޅިގަނޑު ކުުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ދެންމެ ލަފާކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ތޫފާން އަރާނެ ކަމަށް އެ އިދާރާއިން މިހާރު ލަފާކުރަނީ އިންޑިއާގެ ޓެމިލް ނާޑު އާއި ޕުންޑުޗަރީގެ ސަރަހައްދަށެވެ.
ބަންގާޅު ކަނޑުގައި އުފެދުނު ދެވަނަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ދެންމެ އިންޑޮނޭޝިއާއަށް ވަނީ އަރައިފަ އެވެ. "ސެންޔާރް"ގެ ނަން ދީފައިވާ އެ ތޫފާނުގެ އަސަރު ރާއްޖެ އާއި އިންޑިއާ އަދި ލަންކާ ހިމެނޭ ސަރަހައްދަށް ކުރާނެ ކަމަށް ކުރިން ލަފާކުރެވެނު ނަމަވެސް، އޭގެ ނުރައްކާ މި ސަރަހައްދަށް މިހާރު ނެތް ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މިއަދު ވަނީ ބުނެފަ އެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތް ކަމަށްވާ ދޮށަ ނިމޭނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. މިހާރު މި ހިނގާ ނޮރަ ނަކަތުގައި އާންމުކޮށް މޫސުން ރަނގަޅު ވިޔަސް، ދޭތެރެ ދޭތެރެއިން ވިއްސާރަކޮށް، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިޔަސް ވިލާގަނޑުގައި ގަދަވާނެ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެން ދަނީ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެން ދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.
މި ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ކުރާނެ
ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ
މި ފެށުނީ ވަރަށް ވިއްސާރަ ހަފުތާއެއް
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ: މެޓް
ހަފުތާ ބަންދުގައި ވިއްސާރަ ކުރާނެ: މެޓް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސް
ދެ ކޮޅިގަނޑުގެ އަސަރުކޮށް، މޫސުން ގޯސް ދުވަސްތަކެއް