ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ބުރު ސްޕޯޓްސް ވެސް ގަދަ ހަތަރަކަށް ވާންކޮށްފި އެވެ.
24 ނޮވެމްބަރ 2025
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ބުރު ސްޕޯޓްސް ވެސް ގަދަ ހަތަރަކަށް ވާންކޮށްފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ޔޫވީގެ މައްޗަށް ބުރުން ކާމިޔާބު ހޯދީ 2-0 ންނެވެ.
ބުރުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.
އެ ޓީމަށް ލީޑް ނަގައި ދިނީ އަރީން އަބްދުﷲ އިބްރާހިމެވެ.
ބުރަށް ލިބުނު ކޯނަރު އަލީ ހަމްދާން ޔޫވީގެ އޭރިއާތެރެއަށް ނަގައިދިނުމުން އެ ބޯޅައިގައި ބޮލުން ޖެހީ ބުރުގެ އަލާ ނާސިރެވެ. އޭނާ ބޮލުން ޖެހި ބޯޅަ މައްޗަށް ގޮސް ވެއްޓުނީ ގޯލް ކުރިމައްޗަށެވެ. އަރީން ލަނޑު ކާމިޔާބު ގޯލް ކުރިމައްޗަށް ޖެހުނު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ބުރުގެ ދެވަނަ ލަނޑު 45 ވަނަ މިނެޓްގައި ޖެހީ ހަޑްސަން ޖީސަސް އެވެ.
ޔޫވީގެ އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން މުހައްމަދު ލީވާން ނަދީމް، އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބްރެޒިލްގެ ފޯވާޑް ހޮޑްސަން ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. އެ ބޯޅަ އަށް ޔޫވީގެ މިސްރުގެ ކީޕަރު އަލީ އާދިލް މުސްތޮފާ އަލީ އެރި އެވެ. އެކަމަކު ހޮޑްސަން އޭނާ އަށް ވުރެ ކުރިން ބޯޅައިގައި ބޮލުން ޖެހި އެވެ.
މެޗުން މޮޅުވެ ބުރު ވަނީ 11 ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމުން ވަނީ ހަތަރުވަނައިގައި އޮތް އީގަލްސްގެ ފަހަތުގައި ވިއްދައިފަ އެވެ. އީގަލްސް އާއި ބުރާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ރެލިގޭޝަނުން މައްޗަށް ޖެހިލުމުގެ އުއްމީދު ޔޫވީއަށް
ޓީސީއާ އެއްވަރުވެ ބުރަށް ހަތަރަކަށް ނޭރުނު!
ބެންޖޯ ހަވާލުވެ އީގަލްސްގެ ނަތީޖާތައް ބަދަލުކޮށްލައިފި
ނިއު ކޮޅަށް ފުރަތަމަ ގޯލް، ޓީމު މޮޅުކޮށްދިނީ ހަންނަ
ވިކްޓަރީ ހަމަޔަކަށް އެޅި މޮޅުވުމުގެ ޓްރެކުގައި!
ބުރާ ވާދަކޮށް އޮޑި އަލުން މޮޅުވުމުގެ ރޭހަށް!
ޔޫވީ އާއި ވެލެންސިއާ ވެސް ފުއްދާލީ ޕޮއިންޓަކުން
ޔޫވީ ބަލިކޮށް މާޒިޔާ އަލުން އެއްވަނަ އަށް
ބުރު ކޮޅަށް ތިން ލަނޑު ޖަހައި މާޒިޔާއިން ފޯމުގައި