ދެކުނު ކޮރެއާގެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ މެމްބަރު ޖިންގެ ފުރަތަމަ ސޯލޯ ކޮންސާޓް ފިލްމު އަންނަ މަހު ގެނެސްދޭން ނިންމައިފި އެވެ.
ދެކުނު ކޮރެއާގެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ މެމްބަރު ޖިންގެ ފުރަތަމަ ސޯލޯ ކޮންސާޓް ފިލްމު އަންނަ މަހު ގެނެސްދޭން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޖިންގެ ފުރަތަމަ ސޯލޯ ކޮންސާޓް ފިލްމު "ރަންސޮކްޖިން އީޕީ. ޓުއާ ދަ މޫވީ" ބައެއް ސިނަމާތަކުގައި ދައްކާނީ އަންނަ މަހު 27 އާއި 28 ގަ އެވެ. އެ ފިލްމަށް ޓިކެޓް ވިއްކަން އަންނަ މަހު ފަހެއްގައި ފަށާނެ އެވެ.
އެ ފިލްމު ދުނިޔޭގެ 70 ގައުމުގެ 1.800 ތިއޭޓަރުގައި ދައްކަން ވަނީ ނިންމައިފަ އެވެ.
އެ ފިލްމުގައި ޖިންގެ ފަންނުވެރިކަމުގެ ކުޅަދާނަކަން ދައްކާލާނެ އެވެ. އޭނާގެ ސޯލޯ އަލްބަމްތައް ކަމަށްވާ "ހެޕީ" އާއި "އެކޯ"ގެ ލައިވް ބޭންޑް ޕާފޯމަންސްތައް އަދި "ޑައިނަމައިޓް" އާއި "ބަޓާ" ކަހަލަ ބީޓީއެސްގެ ލަވަތަކުން ހާއްސަ މެލޮޑީއެއް ވެސް އެ ފިލްމުގައި ގެނެސްދޭނެ އެވެ.
އެ ފިލްމުގައި ހާއްސަ އިތުރު ނުވަތަ ބޯނަސް ކޮންޓެންޓްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އޭނާގެ ޓުއާތަކުގެ "ބިހައިންޑް ދަ ސީންސް" މަންޒަރުތަކާއި އޭނާގެ ލަވަތަކަށް ކަރޯކޭ ޖެއްސޭނެ އިންތިޒާމު ވެސް ބައެއް ތިއޭޓަރުތަކުގައި ހަމަޖައްސާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ކޮރެއާގެ އެންމެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ހުރިހާ ލަވަކިޔުންތެރިން، އެ ގައުމުގެ ޒުވާން ފިރިހެނުންނަށް ގާނޫނުން ލާޒިމުކުރާ ދެ އަހަރު ދުވަހުގެ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފައި ވާތީ، އެ ބޭންޑުގެ ރީޔުނިއަން އާއި އާ އަލްބަމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި އަންނަ އަހަރު ވޯލްޑް ޓުއާއެއް ވެސް ބާއްވަން ނިންމައި އެކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ބީޓީއެސް އިން އިންޑިއާގައި ޝޯއެއް ބާއްވަނީ
ޖިސޫ އާއި ޒޭން މާލިކް އެކުގައި ލަވައެއް ކުޅެނީ
ޖަންކޫކްގެ ގެޔަށް ވަންނަ އުޅެނިކޮށް ހިފަހައްޓައިފި
ބީޓީއެސްގެ އެނބުރި އައުން އަންނަ ސެޕްޓެމްބަރުގައި
ފޭނުން ގެ ކައިރިއަށް އެއްވާތީ ޖަންކޫކް ރުޅިގަދަވެއްޖެ
ޖަންކޫކްގެ އާ ލަވަ މި މަހު ނެރެނީ
ބްލެކްޕިންކް އަންނަ މަހު އެނބުރި އަންނަނީ
ބީޓީއެސްގެ އާ އަލްބަމަށް ދުނިޔޭގެ ރެކޯޑުތައް
ހާލު ދެރަވެގެން އެޑްމިޓްކުރި ޖިމިން ކޮވިޑަށް ޕޮޒިޓިވް
ކިމް ވޫ ބިން އާއި ޝިން މިން އާ ކައިވެނިކުރަނީ