Roadha Mihaaru

"މޫނުބުރުގާ ސްޓަންޓް" ހެދި އޮސްޓްރޭލިއާ މެންބަރު ސަސްޕެންޑްކޮށްފި

އޮސްޓްރޭލިއާގެ ހަރުކަށި ކަނާތު ފިޔައިގެ މަޖިލިސް މެންބަރަކު މޫނުބުރުގާގައި މަޖިލީހުގެ ޖަލްސާއަށް ވަދެ މުސްލިމުންނަށް ފުރައްސާރަކުރި މައްސަލައިގައި ސަސްޕެންޑްކޮށްފި އެވެ.

"މޫނުބުރުގާ ސްޓަންޓް" ހެދި މެންބަރު ސަސްޕެންޑްކޮށްފި

އޮސްޓްރޭލިއާގެ ހަރުކަށި ކަނާތު ފިޔައިގެ މަޖިލިސް މެންބަރަކު މޫނުބުރުގާގައި މަޖިލީހުގެ ޖަލްސާއަށް ވަދެ މުސްލިމުންނަށް ފުރައްސާރަކުރި މައްސަލައިގައި ސަސްޕެންޑްކޮށްފި އެވެ.

އޮސްޓްރޭލިއާގެ ސެނެޓުން ވަން ނޭޝަން ޕާޓީގެ އަންހެން މެންބަރު ޕައުލިން ހޭންސަން ވަނީ ހަތް ޖަލްސާއަށް ސަސްޕެންޑްކޮށްފަ އެވެ.

ސެނެޓް ލީޑަރު ޕެނީ ވޮންގް ވަނީ ހޭންސަންގެ އަމަލަކީ ފުރައްސާރައިގެ އަދި ނަފްރަތުގެ އަމަލެއް ކަމަށާއި އަދި މުއައްސަސާއެއްގެ ގޮތުން މުޅި ސެނެޓަށް އިހުތިރާމް ކުޑަކުރުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންވެ ވޮންގް ހުށަހެޅުއްވި ގޮތަށް، ހޭންސަން ސަސްޕެންޑްކުރުމަށް މިއަދު ފާސްކުރީ އެވެ.

ހޭންސްން މޫނުބުރުގާގައި މަޖިލިސް ޖަލްސާއަށް ވަދެ އޭނާގެ ގޮނޑީގައި އިށީނީ މޫނުބުރުގާ މަނާކުރުމަށް އޭނާ ހުށަހެޅި ބިލަށް މެންބަރުންގެ ތާއީދު ނުލިބުމުން ޖަލްސާ ދޫކޮށް ނުކުމެގެން ދިއުމަށް ފަހުގަ އެވެ.

ހޭންސަން 2017 ވަނަ އަހަރު ވެސް މޫނުބުރާގައި މަޖިލީހަށް ވަދެ، އެއީ ސަލާމަތީ ގޮތުން ނުރައްކަލެއް ކަމަށް ދައްކަން މަސައްކަތްކޮށްފައިވެ އެވެ. އޭނާ އަކީ އިސްލާމް ދީނަކީ އޮސްޓްރޭލިއާއަށް އެކަށީގެންވާ ދީނެއް ނޫން ކަމަށް ބުނެ މޫނު ބުރުގާ މަނާކުރުމާ ދެކޮޅަށް މަސައްކަތްކުރާތާ އެއްތައް އަހަރެއް ވެފައިވާ މީހެކެވެ.