ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކިއެކި އެއާލައިންތަކުގެ ޓިކެޓް ވިއްކުމުގެ ހިދުމަތް ފުޅާާދާއިރާއްގައި ދޭ، ހާން އެއާ މެދުވެރިކޮށް ޓިކެޓް ވިއްކަން އެ އެއާލައިނާ އެކު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޕާޓްނަޝިޕެއް ހަދައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކިއެކި އެއާލައިންތަކުގެ ޓިކެޓް ވިއްކުމުގެ ހިދުމަތް ފުޅާާދާއިރާއްގައި ދޭ، ހާން އެއާ މެދުވެރިކޮށް ޓިކެޓް ވިއްކަން އެ އެއާލައިނާ އެކު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޕާޓްނަޝިޕެއް ހަދައިފި އެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ، އެއްބަސްވުމުގެ ދަށުން މައިގަނޑު ހުރިހާ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) ތަކެއްގައި ހާންއެއާގެ އެކްސް 1 ގައި މޯލްޑިވިއަންގެ ޓިކެޓް ލިބެން ހުންނާނެ ކަމަށެެވެ. ހާން އެއާ އިން ވަނީ 350 އެއާލައިނަކާ އެކު، ޕާޓްނަޝިޕެއް ހަދައިފަ އެވެ.
މޯލްޑިވިއަން އެއާލައިނާއި ހާން އެއާ ގުޅުމުން 190 މާކެޓެއްގައި ހަރަކާތްތެރިވާ ޓްރެވެލް އެޖެންޓުންނަށް މޯލްޑިވިއަންގެ ޓިކެޓް ފަސޭހައިން ނެގޭނެ އިންތިޒާމު ހަމަޖެހޭނެ އެވެ.
މޯލްޑިވިއަންގެ ޓިކެޓް ވިއްކުމުގެ ގާބިލުކަން ހާންއެެއާ އެކު ހެދި ޕާޓްނަޝިޕްގެ ސަބަބުން އިތުރުވާނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.
މޯލްޑިވިއަން އަކީ ޑޮމެސްޓިކް އަދި ބައިނަލްއަގުވާމީ މަންޒިލްތައް ހިމެނޭ ގޮތުން 17 މަންޒިލަކަށް ދަތުކުރުކުރާ އެއާލައިނެކެވެ. އެއާލައިން ދަތުރުކުރާ ބައިނަލްއަގުވާމީ މަންޒިލުތަކުގެ ތެރޭގައި އިންޑިއާ އާއި ޗައިނާގެ މަންޒިލްތައް ހިމެނެ އެވެ.
މޯލްޑިވިއަންއިން އެފްއައިޓީ ފެއާގެ އަގު ހެޔޮކޮށްފި
ފެބްރުއަރީގައި ތޮއްޑު އަށް ސީޕްލޭން ފަށަނީ
މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތަށް ހަތަރު އަހަރު
އާ އެއާޕޯޓުތަކާ އެކު ބޭނުން ވަނީ އެނދު
މޯލްޑިވިއަންގެ އިތުރު ދެ ސީ ޕްލޭން ގެންނަނީ
މޯލްޑިވިއަނުން ކޮޗިން އަދި ޓްރިވެންޑްރަމަށް ފަސްފްލައިޓް
މޯލްޑިވިއަންގެ އަގުހެޔޮ ދަތުރުތަކެއް ކޮލަންބޯއަށް
މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ފުރަތަމަ ފަހަރަށް ގަމަށް!
މާފަރު އެއާޕޯޓު އިތުރަށް ބޮޑުކުރަން ބަޔަކާ ހަވާލުކޮށްފި
މޯލްޑިވިއަން އެއާލައިނުން އިންޑިއާއަށް ހާއްސަ އަގުތަކެއް