Roadha Mihaaru
ހުޅުމާލޭގައި 72 ފްލެޓް އަޅަން އިންޑިއާ ބަޔަކަށް ދީފި

ހުޅުމާލޭގައި 72 ހައުސިން ޔުނިޓް އަޅަން އިންޑިއާގެ ކުންފުންޏަކަށް ދީފި

15 ޖޫން 2016

ހުޅުމާލޭގައި އިތުރު 72 މިކްސްޑް ރެސިޑެންޝަލް ޔުނިޓްތަކެއް އަޅަން އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާ މިއަދު ހަވާލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގައި އިތުރު 72 މިކްސްޑް ރެސިޑެންޝަލް ޔުނިޓްތަކެއް އަޅަން އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާ މިއަދު ހަވާލުކޮށްފި އެވެ.

ހުޅުމާލެ ތަރައްގީކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ފެރީ ޓާމިނަލް ހުންނަ މަގުގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރީ ދެ އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

އެ ކުންފުންޏަށް ހައުސިން ޔުނިޓްތަކެއް އަޅަން ދިނީ ކިހާ ބޮޑު މިނެއްގެ ބިމެއް ކަމެއް އަދި ހަވާލުކުރި އުސޫލެއް ހާމަކޮށްފައެއްނުވެ އެވެ.

ހުޅުމާލޭގައި 72 ހައުސިން ޔުނިޓް އަޅަން އެޗްޑީސީން އިންޑިއާ ކުންފުންޏަކާއެކު މިއަދު ސޮއިކުރުމަށްފަހު ސަލާމްކުރައްވަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި 72 ހައުސިން ޔުނިޓް އަޅަން އެޗްޑީސީން އިންޑިއާ ކުންފުންޏަކާއެކު މިއަދު ސޮއިކުރުމަށްފަހު ސަލާމްކުރައްވަނީ. ފޮޓޯ: އެޗްޑީސީ

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. އަދި ރެނާޓަސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ސެލްވަސުންދަރަމް ޕޫސަޕަން އެވެ.

އެޗްޑީސީން ދާދިފަހުން ވަނީ ބެޗް ކޮންސްޓްރަކްޝަން އަދި ދަމާސް އާއި އެޕޯލޯ ހޮލްޑިންއާއެކު މިކްސް ރެސިޑެންޝަލް ޔުނިޓްތަކެއް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.