Roadha Mihaaru
ކުއްޖަކާ ބެހުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

15 އަހަރުގެ ކުއްޖަކާ ބެހުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

03 އެޕްރީލް 2021

ދެކުނު އަތޮޅެއްގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެކުނު އަތޮޅެއްގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުވަދު އަތޮޅުގެ ރަށެއްގައި ހިންގި ކަމަށް ތުހުމަތުކުރެވޭ އެ މައްސަލާގައި ހައްޔަރުކުރީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް ކޯޓުން ޖަހާދިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދާދި ފަހުން އުތުރުގެ ރަށެއްގައި ވެސް އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލަތަކެއް ފެންމަތިވި އެވެ. އާއިލާ އިން ބުނާ ގޮތުގައި އެ ކުއްޖާ ވަނީ ބަޔަކު ރޭޕްކޮށްފަ އެވެ. އެކަމަކު އެ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއްނުކުރެ އެވެ.

އަނިޔާ ލިބުނު ކަމަށް ބެލެވޭ ކުއްޖާ އިތުރު ޓެސްޓްތަކަށް ސަރުކާރުން ވަނީ މާލެ ގެނެސްފަ އެވެ.