ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 834,843 ޑޮލަރު (12 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އެ ގައުމުގެ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
05 ޑިސެމްބަރ 2025
ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 834,843 ޑޮލަރު (12 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އެ ގައުމުގެ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
ދިވެހި މީޑިއާތަކުގެ ބައިވެރިވުމާ އެކު 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯނުން ލިބުނު ފައިސާ ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.
ޓެލެތޯންގައި ލިބުނު ފައިސާގެ އިތުރުން ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޑޮލަރު (770،000 ރުފިޔާ) ވެސް ކުރިން ލަންކާއަށް ހަދިޔާކޮށްފަ އެވެ. އަދި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ނިންމައި، އެ ތަކެތި ވެސް މިއަދު ވަނީ ލަންކާއާ ހަވާލުކޮށްފަ އެވެ.
އެ ޓެލެތޯންގައި އެންމެ ބޮޑު އެހީއެއް ދިނީ ދިވެހި ފުލުހުންނާއި ސިފައިންގެ ފަރާތުންނެވެ. އެގޮތުން ފުލުހުންނާއި ސިފައިންގެ ފަރާތުން އެކަނި ވެސް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ޓެލެތޯނަށް ހަދިޔާކުރި އެވެ.
ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިންގެ ފަރާތުން ދިން އެހީތެރި ކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ރާއްޖެއިން ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން ލަންކާގެ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށާއި އެއީ ދެ ގައުމުގެ ގާތް ގުޅުމުގެ ވަރުގަދަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ޑިސަނަޔަކެ ވިދާޅުވެފައިވެ އެވެ.
ލަންކާގެ ރައްޔިތުންނަށް އެހީތެރިވާން ދިވެހިން ނަމޫނާ ދައްކަމުންދާ ދަނޑިވަޅުގައި ރާއްޖޭގެ މަޝްހޫރު ބައެއް ވިިޔަފާރި ކުންފުނިތަކުން ވެސް ވަނީ ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާގެ އެހީ ދީފަ އެވެ. އަދި އިތުރު ފައިސާ ހޯދުމުގެ އިތުރު ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.
ލަންކާ އަށް މިފަހަރު މި އެރި ތޫފާން އަދި ގަދަ ވިއްސާރައިގައި 400 އަށް ވުރެ ގިނަ މީހުން މަރުވެ އަދި އެތައް ބަޔަކު ގެއްލުމުގެ އިތުރުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެއީ 2004 ގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ އެވެ.
ލަންކާއަށް ހަދިޔާކުރި މަސްދަޅު ކޭސް ހަވާލުކޮށްފި
ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް
ޗަމްޕާ ރިސޯޓްސް އިން ލަންކާ އަށް 10،001 ޑޮލަރު
ޑިޒާސްޓާ ރިކަވަރީ ޕްލޭނެއް ހަދަން ލަންކާގެ ބަޔަކަށް
ލަންކާގައި ދިވެހިން ހިންގާ އެހީގެ ހަރަކާތް ކާމިޔާބު
މަސްދަޅު ކޭސްތަކާއެކު އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް
އެހީ ހޯދައިދޭން، ލަންކާގައި ތިބި ދިވެހިންގެ ހަރަކާތެއް
ލަންކާ އަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ހަވާލުކޮށްފި
ރާއްޖެއިން ލަންކާއަށް ދޭ 12 މިލިއަން މިއަދު ފޮނުވަނީ
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި