ޓޫރިޒަމަށް ދޫކޮށްފައިވާ ބިންބިމާއި ރަށްތަކާއި ފަޅުތައް، ތަރައްގީކުރަން ސަރުކާރުން ފުރަތަމަ ދިން މުހުލަތުގެ ތެރޭގައި ނިންމާފައިވާ ނުވާ ފަރާތްތަަކަށް މުއްދަތު އިތުރުކޮށްދޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
06 ޑިސެމްބަރ 2025
ޓޫރިޒަމަށް ދޫކޮށްފައިވާ ބިންބިމާއި ރަށްތަކާއި ފަޅުތައް، ތަރައްގީކުރަން ސަރުކާރުން ފުރަތަމަ ދިން މުހުލަތުގެ ތެރޭގައި ނިންމާފައިވާ ނުވާ ފަރާތްތަަކަށް މުއްދަތު އިތުރުކޮށްދޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ބޮޑެތި ގިނަ ބަދަލުތަކެއް ގެނެސް ފާސްކޮށް ތަސްދީގުކުރި އެ އިސްލާހުގައިވާ ގޮތުން ޓުރިޒަމްގެ ބޭނުމަށް ބިމެއް ނުވަތަ ރަށެއް ނުވަތަ ފަޅެއް ކުއްޔަށް ހިފާފައިވާ ފަރާތަކުން އެތަނެއް ނިންމައި ހުޅުވަން އެއްބަސްވެފައިވާ މުއްދަތަށް ނުނިންމާ އޮތް ނަމަ، ޓޫރިޒަމް ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގައި ކަނޑައަޅާ އުސޫލަކުން، މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓަރަށް އޮންނާނެ އެވެ.
އެ ބަދަލު ގެނައީ ޓޫރިޒަމާ ބެހޭ ގާނޫނުގެ (6) ވަނަ މާއްދާގެ ތިރިއަށް (6-1) އަދި (6-2) ގެ ގޮތުގައި ދެ މާއްދާ އިތުރުކޮށްގެންނެވެ. އެގޮތުން އިތުރުކުރި (6-1) ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުން، ނުނިންމައި ހުރި ތަންތަން ނިންމައި ހުޅުވަން މުއްދަތު އިތުރުކޮށްދޭނީ އެ ތަންތަން ކުއްޔަށް ހިފި ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުން ބަދަލުކޮށްގެންނެވެ.
މުއްދަތު އިތުރުކޮށްދޭނީ މިހާރު އަމަލީ މަސައްކަތް ހަދާފައިވާ ތަންތަނަށެެވެ.
އަލަށް އިތުރުކުރި 6-1 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ނުނިމި ހުރި ތަންތަނަށް މުއްދަތު އިތުރުކޮށްދޭނީ ޓޫރިޒަމާ ބޭހޭ ގާނޫނުގެ ދަށުން ހަދާ ގަވައިދަކާ އެއްގޮތަށް ފީއެއް ނަގައިގެންނެވެ. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ގޮތުގައި އެ ފައިސާ ޖަމާކުރަން ޖެހޭނީ ޓޫރިޒަމް ޓްރަސްޓް ފަންޑަށެވެ.
މިއަދު ތަސްދީގުކުރެއްވި އިސްލާހުގައިވާ ގޮތުން އެގޮތަށް އިތުރު މުުއްދަތު ލިބޭ ކުންފުނިން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގެ އިހުތިޔާރު ވެސް މިނިސްޓަރަށް އޮވެ އެވެ.
އެހެން ނަމަވެސް މުއްދަތު އިތުރުކޮށްދޭން އެގްރިމެންޓަށް ގެންނަ ބަދަލުގައިވާ މުއްދަތަށް ޓޫރިޒަމް ފެސިލިޓީ ނުނިންމައިފި ނަމަ އެގްރިމެންޓް ބާތިލުކޮށް ތަން އަތުލުމުގެ އިހުތިޔާރު މިނިސްޓްރީއަށް އޮންނާނެ އެވެ. އެ ހާލަތުގައި ދައުލަތުން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެ އެވެ.
ޓޫރިޒަމްގެ ބޭނުމަށް 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ މުއްދަތަށް 49 އަހަރަށް އިތުރުކޮށްދޭން، ޓޫރިޒަމް ގާނޫނަށް މިދިޔަ މާޗްމަހު ގެނައި 15 އިސްލާހުގައި (9) ވަނަ މާއްދާގެ ކ.އަށް ގެނައި ބަދަލު މިފަހަރުގެ އިސްލާހުގައި ވެސް ތަކުރާރުކޮށްފައި ވެ އެވެ.
އޭރު ގެނައި އިސްލާހުގައި އޮތީ އެ އިސްލާހަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި 2.5 މިލިޔަން ޑޮލަރުގެ ފީއެއް ދައްްކައިގެން އެއްބަސްވުމަށް 20 އަހަރު ދުވަސް އިތުރުކުރެވޭ ގޮތަށެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ތިން މިލިޔަން ދައްކައިގެން 25 އަހަރު ދުވަސް އިތުރުކުރެވޭ އިރު، 49 އަހަރު އިތުރުކުރަން ދައްކަން ޖެހޭނީ ފަސް މިލިޔަން ޑޮލަރެވެ.
މިފަހަރުގެ އިސްލާހުގައި އޮތީ (9) ވަނަ މާއްދާގެ (ކ) ގައިވާ މުއްދަތުތައް މި އިސްލާހަށް އަމަލުކުރަން ފަށާ ހިސާބުން ގުނާ ގޮތަށް ބަދަލުކޮށްފަ އެވެ. އެއީ 15 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި، އޮތް ބައިތައް "16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން" އަށް ބަދަލުކޮށްގެންނެވެ.
ދެ އިސްލާހުގައި ވެސް އޮތީ މުއްދަތު އިތުރުކުރަން ދައްކާ ފީ، 12 މަސް ދުވަހަށް ބަހާ ވެސް ލެވޭ ގޮތަށެވެ.
ކެލާ ފަޅުގައި ރިސޯޓު ހަދަން 325 ހެކްޓަރު
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
މިއަހަރު 20 ރިސޯޓު ހުޅުވަން އަމާޒު ހިފައިފި
ބޭނުންވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ތެދުވުން
ކްރައުން އެންޑް ޗަމްޕާގެ "ނަލަ މޯލްޑިވްސް" ހުޅުވައިފި
ނާގޯށީގެ މަސައްކަތް ފަށަން ވަޒީފާތަކަށް އިއުލާންކޮށްފި
މާލެ ކައިރީގައި ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ހުޅުވަނީ
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!