ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ ހޯމަ ދުވަހާ ހަމައަށް 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
29 ޖެނުއަރީ 2025
ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ ހޯމަ ދުވަހާ ހަމައަށް 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށިއިރު، އެމްއެމްއޭ އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެކަމާ ގުޅޭ ގަވާއިދެއް އެކުލަވައިލާފަ އެވެ. އެހެންވެ، އެ ގަވައިދުގެ ދަށުން މިދިޔަ އަހަރުގެ ފަހު ތިން މަހު އައި ޓޫރިސްޓުންގެ ބޮލަކަށް ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ވަރަށް މަދު ރިސޯޓެއް ފިޔަވައި، ހުރިހާ ރިސޯޓުތަކުން ވެސް އާ ގަވާއިދަށް ފުރިހަމައަށް ތަބާވެ، ބޭންކުތަކަށް ދަނީ ޑޮލަރު މާރުކުރަމުންނެވެ.
"އެމްއެމްއޭގެ ގަވަރުނަރު އަޅުގަނޑަށް އެންމެ ފަހުން ދިން މައުލޫމާތު، އެއީ މިދިޔަ ހޯމަ ދުވަހު ދިން އަޕްޑޭޓުގަވެސް، 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފަ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ އެއްވެސް ފަރާތަކަށް އިސްތިސްނާއެއް ސަރުކާރުން ނުދޭނެ އެވެ. އަދި މި ކަން ރަނގަޅަށް ތަންފީޒު ކުރެވިގެން ދިޔުމުން، އިގުތިސާދަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ ގަވައިދުގައިވާ ގޮތުން ރިސޯޓުތަކުން މާރުކުރަން ޖެހޭނީ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުން ބޭންކުތަކަށް މާރު ކުރަން ޖެހޭނީ އަންނަ ޓޫރިސްޓުންގެ ބޮލަކަށް 25 ޑޮލަރެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އާ ގަވާއިދުގެ ދަށުން ފުރަތަމަ ބުރުގައި ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. މިގޮތުން، މި ފަހަރު ބޭންކުތަކަށް ޑޮލަރު މާރުކުރި ސީދާ އަދަދު އަދި ހާމަކޮށްފައިނުވިޔަސް، އެ މުއްދަތުގައި 30 މިލިއަނާއި 40 މިލިއަން ޑޮލަރާ ދެމެދުގައި ބޭންކުތަކަށް މާރުކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ.
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ
ޓޫރިޒަމްވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންޖެހޭ
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނު ހެދުން މުހިންމު
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
ޑޮލަރުގެ ގަވާއިދަށް 173 ރިސޯޓުން ރަޖިސްޓްރީވެއްޖެ
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
މިއަހަރު 20 ރިސޯޓު ހުޅުވަން އަމާޒު ހިފައިފި