ރާއްޖެއަށް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފައިވާ ވޭޕްގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ބަލައިފާސްކުރި ހަތަރު ތަނަކުން ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖް އަތުލައިގެންފި އެވެ.
06 ޑިސެމްބަރ 2025
ރާއްޖެއަށް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފައިވާ ވޭޕްގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ބަލައިފާސްކުރި ހަތަރު ތަނަކުން ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖް އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވޭޕް އަދި ވޭޕް ކާޓްރިޖް ވިއްކާ ކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ދެ ގެއަކާއި ދެ އުޅަނދެއް ފާސްކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ސައިކަލުގެ މަޑިދަށުން 89 ވޭޕް ކާޓްރިޖާއި ބަލާފާސްކުރި އެއް އެޕާޓްމަންޓަކުން 59 ވޭޕް އަދި ވޭޕް ކާޓްރިޖު ފެނިފައިވެ އެވެ. އެއީ ޖުމްލަ 148 އާލާތެވެ.
ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ. ނަމަވެސް، އެކަކު ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުން މަނާކޮށް ހަރުކަށި ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ.
އެ ގާނޫނުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ. އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
ހުއްދަ ނުނަގައި ދުންފަތް ވިއްކާ ތަނެއް ބަންދުކޮށްފި
ވޭޕް ގެންގުޅެގެން މިދިޔަ މަހު ވެސް ބޮޑު ޖޫރިމަނާއެއް
ހިޔާ ފްލެޓަކުން 242 ވޭޕް ފްލޭވާ ފުޅި ފެނިއްޖެ
ވޭޕްވިއްކުމުގެ ތުހުމަތަށް ހައްޔަރުކުރި ފުލުހަކު ދޫކޮށްފި
މަގުމައްޗަށް ދޫކޮށްލި ކޮތަޅުތަކެއްގައި ވަގު ސިނގިރެޓް
ސިނގިރޭޓްބޭރުކުރުން:އޮފިސަރުންނަށް ތުހުމަތުކުރާތީ ބަލަނީ
ވަގަށް ނެރެން އުޅުނު ސިނގިރޭޓްތަކެއް އަތުލައިގެންފި
ރާއްޖޭގައި ސިނގިރޭޓް އުފެއްދި ކުންފުނީގެ ހުއްދަ ބާތިލް
ވޭޕްގެ ވިޔަފާރިކުރާ ތަނެއް ފާސްކޮށް ބިދޭސީއަކު ހައްޔަރު
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި