ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފޭރުނު ސްޓޫ ކޭހުގައި ހުރި ޑޮލަރުތައް ގެއްލުނުތާ ދެ މަސް ވާން ކައިރިވެފައިވާއިރު އަދިވެސް އެންމެ ޑޮލަރެއް ވެސް ނުފެންނަކަން އެނގިއްޖެ އެވެ.
10 ޑިސެމްބަރ 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފޭރުނު ސްޓޫ ކޭހުގައި ހުރި ޑޮލަރުތައް ގެއްލުނުތާ ދެ މަސް ވާން ކައިރިވެފައިވާއިރު އަދިވެސް އެންމެ ޑޮލަރެއް ވެސް ނުފެންނަކަން އެނގިއްޖެ އެވެ.
މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އާ ޓާމިނަލްގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައި އަތުލައިގަތް ފައިސާ ހުރި ސޫޓް ކޭހުގައި 130،000 ޑޮލަރު ހުއްޓެވެ.
އެ ސޫޓް ކޭހުގައި ހުރީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ޖެހޭ ޑޮލަރެވެ. މޫނު ނިވާކޮށްގެން ތިބި ދެ މީހުން ބީއެމްއެލްގެ މުވައްޒަފުންނަށް ބިރު ދައްކައި އެ ސޫޓްކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިންނެވެ.
"މިހާރު" އިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަދި އެއްވެސް އަޕްޑޭޓެއް ނެތް ކަމަށެވެ. އެކަމަކު، މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ކިޔައިދިން ގޮތުގައި ތުހުމަތަށް ހައްޔަރުކުރި މީހުންގެ އަތުން އެންމެ ޑޮލަރެއް ވެސް ނުފެނެ އެވެ.
ޑޮލަރުގެ ފޭރުމާ ގުޅިގެން ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުން.-- ފޮޓޯ: ޕޮލިސް
ވެލާނާ އެއާޕޯޓުން ފުރާ ދިވެހިންނަށް ދޫކުރަން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާއަށްވާ ޑޮލަރު ފޭރުނު މައްސަލައިގައި، އެ ހާދިސާ ހިނގި ދުވަހު ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ މަހު އިތުރު ތިން މީހުން ހައްޔަރު ކުރި އެވެ.
1. މާޒިން މޫސާ، 25، / ރޭޝަމް، ލ. މާވަށް
2. އަހުމަދު ރައިހާން ނައީމް، 20، / މ. ކޯރަސް، މާލެ
3. އިބްރާހިމް އަނޫފް، 24، / އަޅިވިލާގޭ، ކ. ގުރައިދޫ
4. ހުސައިން ޝަހުދު، 30، / އަޅިވިލާގޭ، ކ. ގުރައިދޫ
5. އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27، ގއ. ވިލިނގިލި، ބިނާ
6. އަހުމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ
7. އަލީ އަފްޒަލް، 21، ސ. ހިތަދޫ، ވަށަގުލިމާގެ
ޑޮލަރު ފޭރުނު މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރި މީހުން.-- ފޮޓޯ: ޕޮލިސް
އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ބަންދުކުރި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ ވައްކަމުގައި ބޭނުންކުރި ލޯންޗު ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފުރުން ވެސް މަނާކޮށްފައިވާ ކަމަށެވެ. ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ އާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް ވެސް ވަނީ ބަލާފައި ފާސްކޮށްފަ އެވެ.
އެއާޕޯޓުގައި ބިރުދައްކައި ފޭރިގަތީ 100،000ޑޮލަރު
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!
ފޭރިގަތީ ފުރާ މީހުންނަށް ދޫކުރަން ގެންދިޔަ ޑޮލަރު!
މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ފޭރިގެންފި
ވަކީލުންގެ ފުރުސަތު ނުދީ ބަންދު ޖެހުމުގެ ކަންބޮޑުވުން
ޑޮލަރު ފޭރުމުގެ ތުހުމަތުވާ މީހުންގެ ވަނަވަރު ހާމަކޮށްފި
އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް!
ޑޮލަރު ފޭރުމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރު
މާލީބަޣާވަތުގެ ތުހުމަތަށް މީހަކާ ސުވާލެއް ނުކުރޭ:ޕޮލިސް