ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ރޭ ފަތިހު ފޭރިގަތީ ވަޅިން ބިރު ދެއްކުމަށް ފަހު ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކަކުން ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ރޭ ފަތިހު ފޭރިގަތީ ވަޅިން ބިރު ދެއްކުމަށް ފަހު ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކަކުން ބުނެފި އެވެ.
ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި ހުރި ފައިސާ ސޫޓް ކޭސް މޫނުނިވާ ކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ ރޭގެ 4:45 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު ހުރި ފަރާތަކުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔައީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓް ކޭހެކެވެ. އަދި އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" އިން ކަމަށް އެ މީހާ ކިޔައި ދިނެވެ.
"ވަޅިން ބިރު ދައްކާފައި ސޫޓް ކޭސް ޖަހައިގަނެގެން ދުއްވައިގަތީ،" މައުލޫމާތު އެނގޭ މީހާ ބުންޏެވެ.
ފުލުހުން މީޑިއާގައި ބުނީ، އެ ފައިސާ އުފުލުމުގެ ތެރޭގައި ފުލުހުންގެ ސެކިއުރިޓީ ބީއެމްލުން ބޭނުން ކޮށްފައި ނުވާ ކަމަށެވެ.
ސޫޓް ކޭސްގައި ހުރީ މިއަދު ހެނދުނު ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންނަށް އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރުން ދޫކުރަން ކަނޑައެޅި ފައިސާ އެވެ.
ސޫޓް ކޭސްގައި ހުރި ފައިސާގެ އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފައިސާ ހުރި ސޫޓް ކޭސް ފޭރިގަތީ ފުލުހުންގެ ސެކިއުރިޓީ ވެސް ތިއްބާ ކަމަށް މި ޚަބަރުގައި ކުރިން ޖެހީ އެ ވަގުތު ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް ފުލުހުން މީޑިއާގައި ފަހުން ބުނީ، އެ ފައިސާ އުފުލުމުގެ ތެރޭގައި ފުލުހުންގެ ސެކިއުރިޓީ ބޭނުން ކޮށްފައި ނުވާ ކަމަށެވެ.
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!
އެއާޕޯޓުގައި ބިރުދައްކައި ފޭރިގަތީ 100،000ޑޮލަރު
މޫނު ނިވާކޮށްގެން ތިބި ބަޔަކު ފައިސާތަކެއް ފޭރިގެންފި
އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް!
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ޑޮލަރު ފޭރުމުގެ ތުހުމަތުވާ މީހުންގެ ވަނަވަރު ހާމަކޮށްފި
ބޭންކު ފަޅާލައި ނެގި 14 މިލިއަން ރުފިޔާ ހޯދައިފި
ޑޮލަރު ފޭރުމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރު
އޯޓީޕީ ނުދޭށޭ، ނުދޭށޭ، ނުދޭށޭ!
ސްކޭމް ކޯލްތައް އިތުރުވެ، އިދާރާތައް އެއް މޭޒަކަށް