Roadha Mihaaru

އިންޑިގޯގެ ފްލައިޓްތައް 10 ޕަސެންޓް މަދުކުރަން އަންގައިފި

އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯ އިން ފިނިމޫސުމަށް ރާވާފައިވާ ދަތުރުތަކުގެ އަދަދު 10 ޕަސެންޓް މަދުކުރަން އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން އަންގައިފި އެވެ.

އިންޑިގޯގެ ފްލައިޓްތައް މަދުކުރަން އަންގައިފި

އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯ އިން ފިނިމޫސުމަށް ރާވާފައިވާ ދަތުރުތަކުގެ އަދަދު 10 ޕަސެންޓް މަދުކުރަން އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން އަންގައިފި އެވެ.

މި އަދަދަށް ފްލައިޓްތައް މަދުކުރަން އެންގީ ފަސް ޕަސެންޓަށް މަދުކުރަން ކުރިން އެންގުމަށް ފަހު އެ ނިންމުން ބާތިލްކޮށްފަ އެވެ.

އިންޑިގޯއާ މެދު މި ފިޔަވަޅު އަޅާފައި މި ވަނީ ޕައިލެޓުންނަށް ހުސް ވަގުތު އިތުރު ކުރުމަށް ޑީޖީސީއޭ އިން މީގެ އޮޅު އަހަރު ކުރިން ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހު އަމަލުކުރަން ފެށި އުސޫލާ އެއްގޮތަށް ޕައިލެޓުންގެ ޑިއުޓީތައް ހަމަޖައްސައި އަދި އިތުރަށް ބޭނުންވާ ޕައިލެޓުންނާއި މުވައްޒަފުން ނުނެގުމުން އެތައް ސަތޭކަ ފްލައިޓެއް ކޮންމެ ދުވަހަކު ކެންސަލްވާތާ ހަފްފާއެއް ފަހުންނެވެ.

އެކަމަކު އިންޑިގޯ އިން އިއްޔެ ވަނީ، ޕައިލެޓުންނަށް ހުސް ވަގުތު ދިނުމާ ބެހޭ އުސޫލަށް އަމަލުކުރުން ފަސްކުރުމާ އެކު އޮޕަރޭޝަން މިހާރު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ބުނެފަ އެވެ.

ފްލައިޓްތަކުގެ އަދަދު 10 ޕަސެންޓް މަދުކުރުމަށް އެންގުމުން ދުވާލަކު 200 ފްލައިޓް ކެންސަލްކުރަން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ފެޑެރަލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ވިދާޅުވީ، އިންޑިގޯގެ ދަތުރުތައް ހަމަޔަކަށް އަޅުވަން ރޫޓްތައް މަދުކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ދަތުރުތައް މަދުކުރި ކަމުގައި ވިޔަސް އިންޑިގޯ އިން މިހާރު ވެސް ދަތުރުކުރާ ހުރިހާ މަންޒިލަކަށް ދަތުރުކުރާނެ ކަމަށެވެ.

އިންޑިގޯ އިން ދުވާލަކު 2،200 އަށް ވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރެ އެވެ.

އޭވިއޭޝަން އެނަލިސްޓުން ބީބީސީއަށް ބުނި ގޮތުގައި އިންޑިގޯގެ ކެޕޭސިޓީގެ 10 ޕަސެންޓް އުނިކުރުމަކީ ކުރިއަށް އޮތް ހަފުތާތަކުގައި އިންޑިއާގެ އޭވިއޭޝަން ކްރައިސިސް އިތުރަށް ގޯސްވާނެ ކަމަކަށް ވެދާނެ އެވެ. ސަބަބެއް ކަމަށް ބުނީ އެއާ އިންޑިއާ އާއި ސްޕައިސް ޖެޓް ފަދަ އެއާލައިންތަކުން އިތުރަށް މީހުން އުފުލެން ނެތުމެވެ.