ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައި ވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން އެމްޕީއެލް އިން މިއަދު އަންގައިފި އެވެ.
14 ޑިސެމްބަރ 2025
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައި ވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން އެމްޕީއެލް އިން މިއަދު އަންގައިފި އެވެ.
އެމްޕީއެލް އިން ކުރި އިއުލާނެއްގައި ބުނީ ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށައި ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް އެމްޕީއެލް އިން ބުންޏެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އެމްއެމްއޭ ކުރިމަތީގައި އޮތް ސަރަހައްދުގައި ތާރު އަޅައިފައި.-- ފޮޓޯ: އެމްޓީސީސީ
އެމްޕީއެލް އިން ބުނި ގޮތުގައި، އެ މަސައްކަތުގެ ފުރަތަމަ ބައިގައި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ނޯތު ހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރުގެ ސަރަހައްދެއްގަ އެވެ. އެއީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ދެމެދެވެ.
މަސައްކަތްކުރާ ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް ނަގަން ޖެހޭ ސަރަހައްދު އެނގޭނެ ގޮތަށް އެއްގަމު ތޮށީގައި ފާހަގައެއް ޖަހާފައި ވާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
އެ ސަރަހައްދުގައި ބަނދަރުކޮށްފައި ހުރި އުޅަނދުތައް އަންނަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ނަގަން އެމްޕީއެލް އިން ވަނީ އަންގައިފަ އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން މިދިޔަ އޮގަސްޓް މަހު ފެށި، 144 މިލިއަން ރުފިޔާގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ކަމަށްވާ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު މަގު ހުޅުވާލީ މިދިޔަ ހަފުތާގަ އެވެ.
އެ މަޝްރޫއުގެ ދެވަނަ ސެގްމަންޓުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް އަންނަ ރޯދަ މަހުގެ ކުރިން ނިންމަން ސަރުކާރުން ވަނީ އަމާޒު ކަނޑައަޅައިފަ އެވެ. ކުރިއަށް އޮތް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހު 18 ވަނަ ދުވަހެވެ.
ފުރަތަމަ ސެގްމަންޓުގެ މަސައްކަތެކޭ އެއްގޮތަށް މަސްމާރުކޭޓާ ހިސާބުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް މަގުފުޅާ ކުރާނެ އެވެ. އޭގެ އިތުރުން މުޅި އެ މަގުގައި ތާރު އަޅައި އެންމެ ޒަމާނީ ފެންވަރުގެ މަގަކަށް ބަދަލު ކުރާނެ އެވެ.
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ނިމުމުން ޖުމްހޫރީ މައިދާނާ ހިސާބުން ފަށައިގެން ކާނިވާ ސަރަހައްދާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ.
ތާރުއަޅަން ޖުމްހޫރީ މައިދާން ކައިރި މަގުތައް ބަންދު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށައި ރޯދަމަހުގެ ކުރިން ނިންމަނީ!
ބޭރުމަގު ފުޅާކުރި ސަރަހައްދު ހުޅުވާލައިފި
ބޭރުގެ މަގުގެ ބާކީބައި ހަދަން އާންމުންގެ ހިޔާލު ހޯދަނީ
ހަތަރު ލޭނާ އެކު، "ސްޓްރެސް" އަށް ވެސް ލުޔެއް
ރަސްމީ ފާލަން ތަރައްގީކޮށް އަލުން ހުޅުވައިފި
ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރު އަޅަން އެމްޓީސީސީއަށް
ރިންގްރޯޑް ހުޅުވާނީ މިރޭ8:00 ގައި،ޕާކެއް ނުކުރެވޭނެ
ބްރިޖާ ގުޅޭ މަގުތައް ހުޅުވާލާނީ ބުރާސްފަތި ދުވަހު
ބޭރު މަގުގައި ތާރު އެޅި ބައި ހުޅުވާލާނީ ހޯމަ ދުވަހު