މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި ގެއެއް ގަނބައިގަތުމުން އިމާރާތް އެޅުމުގެ މަސައްކަތް ކައުންސިލުން ހުއްޓުވައި، އެސެސްމަންޓެއް ހަދަން އަންގައިފި އެވެ.
14 ޑިސެމްބަރ 2025
މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި ގެއެއް ގަނބައިގަތުމުން އިމާރާތް އެޅުމުގެ މަސައްކަތް ކައުންސިލުން ހުއްޓުވައި، އެސެސްމަންޓެއް ހަދަން އަންގައިފި އެވެ.
އެ ހާދިސާ ހިނގީ މާފަންނު ނަސީމީ ހިނގުމުގައި ހުންނަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ގަނބައިގަތީ އެ ގެއާ ޖެހިގެން ހުންނަ މ. އޭޑީރީޑުގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުގެ ބައެކެވެ.
އިއްޔެ މެންދުރުފަހު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގުމުން އެ ސަރަހައްދަށް ހަވީރު ވަޑައިގެން ހާލަތު ބެއްލެވި ކަމަށެވެ.
މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް ޖެހިގެން ހުރި ގޭގެ އިމާރާތުގެ ދަށުން ވެލިގަނޑު ކެހިފައި.
އާޒިމް ވިދާޅުވީ ޓެކްނިކަލް ޓީމަށް އެސަސްމެންޓެއް ހެދުމަށް ހަމާލުކޮށްފައިވާނެ ކަމަށާއި އެ މަސައްކަތް އަވަހަށް ނިންމުމަށް ވެސް އަނގާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގެ ހަދާފައި ހުރީ ރަނގަޅަށްތޯ ބަލާނެ ކަމަށެވެ.
އަދި އެ އިމާރާތް އެޅުމުގެ މަސައްކަތް މިހާރު ހުއްޓުވާފައިވާ އިރު، އިތުރަށް މަސައްކަތް ކުރެވޭނީ އެސަސްމަންޓަށްފަހު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މާލޭގައި އިމާރާތްކުރަން ބިންގަނޑު ކޮނުމުގެ ތެރޭގައި ގޭގެއަށް އެކި ކަހަލަ ގެއްލުން ލިބުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.
ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތްކުރަން ހުއްދަދެނީ
ގަލަކުން ޖެހި މީހަކު މަރުވުމުން ކުންފުނި ޖޫރިމަނާ
އިމާރާތްކުރުމަށް ދޭ ހުއްދަތައް މަޑުޖައްސާލައިފި
މާލޭގައި ގެއެއްގެ ތަޅުންގަނޑުން ބައެއް ގަނބައިގެންފި
"މައިދާން ދޫކޮށް ނުފިލާނަން، ހުންނާނީ ހިދުމަތުގައި"
ގެއްލުންވި ގެއިން މިލިއަނުގެ ބަދަލަކަށް އެއްބަސްވި
ޖަލްސާ ހޫނުވެ، އާޒިމާއި ނަހުލާގެ ބޮޑު ކޯޅުމެއް!
މޭޔަރުކަމުގެ ދެވަނަ ދައުރަށް އާޒިމް ކެމްޕޭން ފަށައިފި
"އަމިއްލަ ކުންފުނިތަކަށް ގިނަ ޕްރޮޖެކްޓްތައް ދޭނަން"
ބިންތައް ދެން ދޫކުރާނީ ކައުންސިލަރުންނަށް އެނގޭ ގޮތަށް