16 ޑިސެމްބަރ 2018
ކުޑަކުއްޖެއްގެ ގަޔަށް މިއަދު ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާއާ ގުޅިގެން، އިމާރާތް ކުރުމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ދެމުންދާ ހުއްދަތައް ދިނުން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.
ކުޑަކުއްޖެއްގެ ގަޔަށް މިއަދު ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާއާ ގުޅިގެން، އިމާރާތް ކުރުމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ދެމުންދާ ހުއްދަތައް ދިނުން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.
މިއަދު ހެނދުނު މާލޭގައި އިމާރާތް ކުރަމުން ދިޔަ ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. އެ ކުއްޖާ އަށް ހޮސްޕިޓަލްގައި މިހާރު ވެެސް ދަނީ ފަރުވާ ދެމުންނެވެ.
މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެ ހާދިސާ ހިނގީ ކޮންސްޓްރަކްޝަންގެ މަސައްކަތް ކުުރާ ކުންފުނިތަކާ އެކު ބައްދަލުވުމެއް ބާއްވަން ސިޓީ ކައުންސިލުން ނޯޓިސް ފޮނުވާފައި ވަނިކޮށް ކަމަށާއި އެ ހާދިސާ އަށް ފަހު، އެކަމާ ގުޅޭ ހުއްދަތައް ދިނުން އެ ކައުންސިލުން މިހާރު މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތުގެ ރައްކާތެރިކަމާ ގުޅޭ ތަފާތު މައްސަލަތައް އެ ކައުންސިިލަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި މިކަންކަން ހައްދު ފަހަނައަޅާފައި އޮތީ މާލޭގައި. ހުއްދަ ނުދޭ ތަންތަނުގައި ތަކެތި ބެހެއްޓުމާއި މިކަހަލަ ކަންކަން އޮތީ ބޮއްސުންލާފައި. މިކަންކަން ނުބެލެހެއްޓި، އަޅާނުލެވި ގާތްގަނޑަކަށް ހަތް އަހަރު ވެގެން މި ދިޔައީ. މިކަންކަން ބެލެހެއްޓުން އަޅުގަނޑުމެންނާ މި ހަވާލުވިތާ ގާތްގަނޑަކަށް ހަފްތާއެއް ދެއްތޯ އަދި މިވީ؟. އަދި ސްޓާފުން ވެސް އެއްކޮށް އަޅުގަނޑުމެންގެ ދަށަށް ބަދަލު ކޮށެއް ނުނިމޭ. އަޅުގަނޑުމެން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ ސޭފްޓީއަށް." ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވި ގޮތުގައި ކުންފުނިތަކާ އެކު އެ ކައުންސިލުން ބާއްވާ ބައްދަލުވުމުގައި، އިމާރާތް ކުރުމުގެ މަސައްކަތް ކުރުމުގައި ފާހަގަވެފައިވާ ހުރި ކަންކަމާ މެދު މަޝްވަރާކޮށް ހައްލުތައް ހޯދާނެ އެވެ. ސިޓީ ކައުންސިލުން ދޭ ހުއްދަތައް އަލުން ދޭން ފަށާނީ އެ ބައްދަލުވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި އިމާރާތުގެ ސަލާމަތީ ކަންކަން ބެލުމަށް ސިޓީ ކައުންސިލްގެ ޓީމެއް އެތަނުގައި ހަރަކާތްތެރިވި އެވެ. އިމާރާތުގެ މަސައްކަތް ކުރަމުންދާ ކަން އަންގައިިދޭ ބޯޑެއް އެތަނުގައި ބަހައްޓާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލަރުންތަކެއް މިހާރު އެބަ ހަރަކާތްތެރިވޭ އެތަނުގައި އެތަނުގައި އެބައިން ނުރައްކާ ބޯޑެއް ޖަހާފައި. އެކަމަކު ބޯޑެއް ޖެހުމަކުން އެކަނި ނުފުދޭނެ. މިކަހަލަ ކަންކަން ހައްލު ކުރަން އަޅުގަނޑުމެން ކުންފުނިތަކާއި މަސީއާ އެކު މި ބައްދަލު ކުރަނީ." އޭނާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވި ގޮތުގައި މިއަދު ހިނގި ހާދިސާގައި އަނިޔާ ލިބުނު ކުޑަކުއްޖާއަށް ދޭންޖެހޭ އެހީތެރިކަން ސަރުކާރުން ދެމުންދާ ކަމަށެވެ.
ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތްކުރަން ހުއްދަދެނީ
ކޮންކްރީޓްގަނޑަކުން ޖެހި ގެއެއްގެ ފާރު ހަލާކުވެއްޖެ
ހަދަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓިއްޖެ
ގަލަކުން ޖެހި މީހަކު މަރުވުމުން ކުންފުނި ޖޫރިމަނާ
ގެއެއްގެ ތިން ވަނަ ބުރިން ބިއްލޫރި ކުޑަދޮރެއް ވެއްޓިއްޖެ
ފުރާނައެއް ގެއްލުމުގެ ކުރިން ޒިންމާއެއް ނެތީތަ؟!
ޑަބްލިއު ކުންފުނީގެ ވެރިންނަށް ދައުވާ ކުރަންޖެހޭ:ސުއޫދު
ސިމެންތި ބަސްތާއިން ޖެހުނު ކުއްޖާ މަރުވެއްޖެ
ޒަހަމްވި ކުއްޖާ ވަރަށް ކްރިޓިކަލް: އައިޖީއެމްއެޗް
ސިންގަޕޫރުގެ "ބޭފޭންސީ" ރާއްޖެ އަށް!