Roadha Mihaaru

އެމްއައިބީގެ ކާޑު ބޭނުން ކޮށްގެން ބާލީއަށް ދާން ދެކޮޅު ޓިކެޓް

އެމްއައިބީއިން އަގުހުރި އިނާމުތަކެއް ލިބޭ "އިޔާ އެންޑް ޕްރޮމޯޝަން" އިއުލާނުކޮށްފި އެވެ.

އެމްއައިބީގެ ކާޑު ބޭނުން ކޮށްގެން ބާލީގެ ދެކޮޅު ޓިކެޓް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

16 ޑިސެމްބަރ 2025

އެމްއައިބީއިން އަގުހުރި އިނާމުތަކެއް ލިބޭ "އިޔާ އެންޑް ޕްރޮމޯޝަން" އިއުލާނުކޮށްފި އެވެ.

އެ ޕްރޮމޯޝަނަކީ އެމްއައިބީގެ ކާޑު ބޭނުންކޮށްގެން އެމްއައިބީގެ ޕީއޯއެސް މެޝިން މެދުވެރިކޮށް 300ރ. އިން މަތީގެ ޓްރާންސެކްޝަނެއް ހަދައިގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ކޮންމެ ފިހާރައަކުން ވިޔަފާރިކޮށްގެން ވެސް ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގައި އެމްއައބީގެ ބިޒްނަސް ވިސާ އަދި ކޯޕަރޭޓް ވިސާ ކާޑުތަކުން ބައިވެރިއެއް ނުވެވޭނެ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ އެ ޕްރޮމޯޝަނުގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ އިންޑޮނޭޝިއާގެ ބާލީއަށް ދެ މީހަކަށް ދެކޮޅު ޓިކެޓެވެ. ދެވަނަ އަށް އައިފޯން 17 ޕްރޯ މެކްސްއެއް ހުށަހަޅާފައި ވާއިރު، ތިންވަނައަށް ދާ ފަރާތަކަށް ހުށަހަޅާފައިވަނީ އެޕަލް ވޮޗް ސީރީޒް 11ގެ ގަޑި އެކެވެ.

އެމްއައިބީ އިޔާ އެންޑް ޕްރޮމޯޝަންގެ އިތުރުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ ޕްރޮމޯޝަނެއް އެ ބޭންކުން އިހުސާން ފިހާރައާ އެކު ވެސް ވަނީ ފަށައިފަ އެވެ. އެއީ އިހުސާން ފިހާރައިން އެމްއައިބީ ޕީއޯއެސް މެޝިނުގައި އެމްއައިބީ ކާޑުން 200ރ. އިން މަތީގެ ޓްރާންސެކްޝަނެއް ހަދައިގެން ބައިވެރި ވެވޭ ޕްރޮމޯޝަނެކެވެ.