މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ހިދުމަތް ލިބޭ ގޮތަށް މާލޭގައި ބަސް ސްޓޭޝަންތަކެއް އިމާރާތްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
18 ނޮވެމްބަރ 2025
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ހިދުމަތް ލިބޭ ގޮތަށް މާލޭގައި ބަސް ސްޓޭޝަންތަކެއް އިމާރާތްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނީ މާލޭގައި މުޅިން އަލަށް، އޭޓީއެމްގެ ހިދުމަތްތަކާ އެކު، ބަސް ސޮޓޮޕް އިމާރާތްތަކެއް ހެދުމަށް އެމްއައިބީއާ އެކު މިދިޔަ އާދިއްތަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ. ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ބޭންކު އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ޒުލާލް ޒައީމެވެ.
ސިޓީ ކައުންސިލުން ބުނީ، މި އެއްބަސްވުމަކީ ފާހަގަކުރެވޭ މިންވަރަށް، މާލޭގެ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްގީކޮށް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފަސޭހަކުރުމަށް އަމާޒުކޮށްގެން، މާލޭގެ ހަތަރު ސަރަހައްދެއްގައި ބަސް ސްޓޭޝަންތައް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
• މަޖީދީ މަގު މާފަންނު މައިޒާން (ކުރީގެ މާފަންނު ގަބުރުސްތާން)
• އަމީނީ މަގުގައި ހުންނަ ސިނަމާލެ 3
• ބޮޑުތަކުރުފާނު މަގުގައި ހުންނަ ތައިސޭކޮށި
• ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދު
ސިޓީ ކައުންސިލުން ބުނި ގޮތުގައި، އެ މަޝްރޫއުގެ ޖުމްލަ ހަރަދު ކުރާނީ އެމްއައިބީންނެވެ. އެ އިންތިޒާމު ހަމަޖެއްސީ 10 އަހަރުގެ މުއްދަތަށް ކުލި ދައްކަން ނުޖެހޭ ގޮތަށެވެ.
އޭޓީއެމް ކިއޮސްކުތައް ހުންނަ އެ ބަސް ސްޓޭޝަން އިމާރާތްތައް ފަރުމާކޮށް، އިމާރާތްކޮށް އަދި އެ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރާނީ އެ ބޭންކުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ނިމުމަކަށް އައުމުން އިމާރާތްތަކާއި ދާއިމީ ސްޓްރަކްޗާތައް، ބިމުގައި ދެމިހުންނާނެ ކަމަށާއި އެ ތަންތަން ވާނީ އެ ކައުންސިލުގެ ތަންތަނަށް ކަމަށް ވެސް އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ވާނެ ކަމަށެވެ.
މި އިމާރާތްތައް ތަރައްގީ ކުރުމުގައި ދެ ފަރާތުން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ބަސް ހުއްޓާ ސަރަހައްދުގައި އެ ތަނަށް ވަދެނިކުތުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ދިމާނުވާނެ ގޮތަކަށް ތަން ފަރުމާކުރުމަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެމްއައިބީގެ ޑޮލަރު/ރުފިޔާ އޭޓީއެމްއެއް އަމީނީމަގުގައި ހުޅުވައިފި
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
އިހަވަންދޫގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓަނީ
ތުލުސްދު އަށް އެމްއައިބީގެ އޭޓީއެމްއެއް
މާފުށީގައި އެމްއައިބީގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި
މިނީ ބަސް ފަށަން ޕާކިން ޒޯނަށް ބިން ހަމަޖައްސައިދީފި
ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭގޮތް ހަދަން އެދުނު
ހުޅުމާލެ ރަށު މާރުކޭޓުގައި އެމްއައިބީގެ އޭޓީއެމްއެއް
ޖެނުއަރީ 1 ގައި 4 ގަޑިއިރަށް ވެހިކަލް ދުއްވުން މަނާ
ހުޅުމާލޭން ދަރުމަވަންތަ ހޮސްޕިޓަލަށް ބަސް ދަތުރުފަށައިފި