Roadha Mihaaru
އެމެރިކާ އަށް ނިއުކްލިއާ ހަމަލާ ދޭނެކަމުގެ އިންޒާރުދީފި

އެމެރިކާ އަށް ނިއުކްލިއާ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފި

12 އެޕްރީލް 2017

ޕިއޮންޔޮން (އެޕްރީލް 12) - ނޯތު ކޮރެއާ އަށް އަރައިގަންނަން އެއްވެސް މަސައްކަތެއް ކޮށްފި ނަމަ އެމެރިކާ އަށް ނިއުކްލިއާ ހަމަލާ ދޭނެކަމުގެ އިންޒާރު ނޯތު ކޮރެއާގެ ރަސްމީ މީޑިއާ އިން ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔޮން (އެޕްރީލް 12) - ނޯތު ކޮރެއާ އަށް އަރައިގަންނަން އެއްވެސް މަސައްކަތެއް ކޮށްފި ނަމަ އެމެރިކާ އަށް ނިއުކްލިއާ ހަމަލާ ދޭނެކަމުގެ އިންޒާރު ނޯތު ކޮރެއާގެ ރަސްމީ މީޑިއާ އިން ދީފި އެވެ.

ކޮރެއާ ޕެނިންސުލާގެ މައްސަލަ ހޫނުވެފައިވަނިކޮށް އެމެރިކާގެ މަނަވަރުތަކެއް ވަނީ އެ ސަރަހައްދަށް ފޮނުވައިފަ އެވެ. ނޯތު ކޮރެއާގެ ރަސްމީ ނޫސް ރޮޑޮން ސިންމުން އިން ބުނީ އެމެރިކާ އިން އެ ގައުމަށް އަރައިގަންނަން އެއްވެސް މަސައްކަތެއް ކޮށްފި ނަމަ ރައްދު ދިނުމަށް ޕިއޮންޔޮން އިން ތައްޔާރަށް އޮތް ކަމަށެވެ.

"ދުޝްމަނުންގެ ކޮންމެ ހަރަކާތަކަށް ނޯތު ކޮރެއާގެ ވަރުގަދަ ލަޝްކަރު އޮތީ ފާރަ އަށް. ނޯތު ކޮރެއާ އަށް ބިރު ދައްކާ ނަމަ ނިއުކްލިއާ ހަމަލާއެއްގެ ބިރު އެމެރިކާ އަށް އޮންނާނެ،" ނޫހުން ބުނެފައިވެ އެވެ.

ސައުތު ކޮރެއާގެ ވަގުތީ ރައީސް ވަން ކިޔޯ-އާން ވަނީ ނޯތު ކޮރެއާގެ ފަރާތުން ކުރިމަތިކުރާ ބިރުތަކަށް އެ ގައުމުގެ ސިފައިން އެމެރިކާއާ ގުޅިގެން ތައްޔާރީ ހާލަތެއްގައި އޮތުމަށް ގޮވާލައްވައިފަ އެވެ.

މި އަހަރު ފެށުނު ފަހުން ނޯތު ކޮރެއާ އިން ވަނީ ހަތަރު ނިއުކްލިއާ ޓެސްޓެއް ކޮށްފަ އެވެ.