Roadha Mihaaru
ކުދި ވިޔަފާރިތަކުގެ ޓެކްސް ޖޫރިމަނާ މާފު ކޮށްދެނީ

ކުދި ވިޔަފާރިތަކުގެ ޓެކްސް ޖޫރިމަނާ މާފުކޮށްދޭން ނިންމައިފި

13 އެޕްރީލް 2017

ކުދި ވިޔަފާރިތަކުން މިދިޔަ މަހުގެ ނިޔަލަށް ދައްކަންޖެހޭ ޓެކްސް ޖޫރިމަނާތައް މާފު ކޮށްދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުދި ވިޔަފާރިތަކުން މިދިޔަ މަހުގެ ނިޔަލަށް ދައްކަންޖެހޭ ޓެކްސް ޖޫރިމަނާތައް މާފު ކޮށްދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.

މާފުކޮށްދޭން ނިންމާފައިވަނީ އަހަރަކު 10 މިލިއަނަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ދައްކަންޖެހޭ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އާއި ޖީއެސްޓީއާ ގުޅިގެން އަރާފައިވާ ޖޫރިމަނާތަކެވެ. އަދި މާފުކޮށްދޭނީ މިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް ކަމަށް މީރާ އިން ބުންޏެވެ.

ޖޫރިމަނާ މާފުކުރަން ބޭނުން ނަމަ އެކަމަށް ޚާއްސަ ފޯމެއް ފުރިހަމަކޮށް، މީރާ އަށް ހުށަހަޅަން ޖެހޭނެ އެވެ. ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.

މީގެ ކުރިން ވެސް ކުދި ވިޔަފާރިތަކަށް އެފަދަ ލުއިތައް ދީފައިވާނެ ކަމަށް މީރާ އިން ބުންޏެވެ.

"އޭގެ ތެރޭގައި އަމިއްލަ ފަރުދުން އަދި ޑީމްޑް ޕާޓްނާޝިޕްތަކުން މި އޮތޯރިޓީގައި ރަޖިސްޓްރީ ކުރުމުގައި ބަލާ އާމްދަނީގެ ޝަރުތު އެވްރެޖްކޮށް މަހަކަށް 40،000 ރުފިޔާ އަށް ވުރެ އިތުރު ކުރުމާއި އެފަދަ ފަރާތްތަކުން އަހަރެއްގެ ތެރޭައި އެއް މިލިއަން ރުފިޔާ އަށް ވުރެ ވުރެ މަދުން އާމްދަނީ ލިބޭ ނަމަ ޓެކްސް ބިނާ ކުރެވޭ ފައިދާ 500،000 ރުފިޔާ އަށް ވުރެ އިތުރު ނުވާ ނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ،' ބަޔާނުގައި ވެ އެވެ.