އޮޑިދޯނިފަހަރަށް އަމާޒުކޮށް، ފަސް ލައްކަ ރުފިޔާގެ އަގު ހުރި ޕްރޮމޯޝަނެއް ސީ ގިއާ އިން މިދިޔަ ހޮނިހިރު ދުވަހު ފަށައިފި އެވެ.
17 އެޕްރީލް 2017
އޮޑިދޯނިފަހަރަށް އަމާޒުކޮށް، ފަސް ލައްކަ ރުފިޔާގެ އަގު ހުރި ޕްރޮމޯޝަނެއް ސީ ގިއާ އިން މިދިޔަ ހޮނިހިރު ދުވަހު ފަށައިފި އެވެ.
ސީ ގިއާ އިން ބުނީ މި ޕްރޮމޯޝަންގައި ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ލިބެން ހުންނާނެ ކަމަށެވެ. އަދި ބައެއް އެއްޗެހިން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ތަނުން ބުނެ އެވެ.
މި ޕްރޮމޯޝަންގައި ސީ ގިއާ އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ. މޭ 14 އާ ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަން ނިމުމާ އެކު، ގުރުއަތު ނަގައިގެން އެއް ވަނަ އަށް އަންނަ ފަރާތަކަށް 10 ފޫޓުގެ ފައިބަ ލޯންޗެއް ދޭން ވަނީ ހަމަޖައްސައިފަ އެވެ. ދެ ވަނަ އިނާމަކަށް އޮތީ މެރިން ރެފްރިޖިރޭޓަރެކެވެ. ތިން ވަނަ އަށް ލިބެނީ އިލެކްޓްރިކް އައުޓްބޯޑް އިންޖީނެކެވެ.
އޭގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ދުވަހަކު ވެސް ނަސީބުވެރިޔަކު ހޮވާ، އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ސާމާނަށް ހާއްސަ ސީ ގިއާ ހުޅުވީ 2014 ގަ އެވެ. ދުނިޔޭގެ ފެންވަރުގެ ގިނަ ބްރޭންޑްތަކެއްގެ އުފެއްދުން އެ ފިހާރަ އިން ވިއްކަ އެވެ.
ޕޮލިފޯމް ފެންޑަރު މެރިން އިކުއިޕްމަންޓްސްއިން ވިއްކަނީ
ފެނުގެ މަތިން ދުއްވާ ހައިޑްރޯފޮއިލް ބޯޓު ރާއްޖެއަށް
ސިނގިރެޓް ވައްކަން: ދޯނި ކެޕްޓަން ހައްޔަރުކޮށްފި
ކަނޑުދަތުރު ކުރާ އުޅަނދުތައް ޗެކްކުރުމުގެ އޮޕަރޭޝަނެއް
އުޅަނދުފަހަރުގެ މެއިންޓަނަންސް މެރިން މާސްޓާ ބޯޓްޔާޑުން
ކަނޑު ބޯޓުތައް އިމިގްރޭޝަނަށް މޮނިޓާކުރެވޭނެ ނިޒާމެއް
ދިރާގުން މިފަހަރު ދެނީ ދެ ސްޕީޑްބޯޓު!
ސިލްވާ ސޭންޑްސް: 25 އަހަރާ އެކު އެންމެ އުހަށް!
ސީ ގިއާއިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދެނީ
ސީގިއާ އިން މޯޖެޓް އިލެކްޓްރިކް ޖެޓް ބޯޑް ނެރެފި