16 ޖޫން 2016
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރިކޮށްލި މައްސަލާގައި ހިމެނޭ އަޒްލިފް ރައޫފް ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ކަން އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރިކޮށްލި މައްސަލާގައި ހިމެނޭ އަޒްލިފް ރައޫފް ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ކަން އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ސީރިއާގައި ހަނގުރާމަކުރަން އުޅެނިކޮށް ހަމަލާތަކެއްގައި އަޒްލިފް މަރުވެފައިވާ ކަމަށް ބުނެ މިދިޔަ އަހަރުގެ މެދު ތެރޭގައި ސޯޝަލް މީޑިއާގައި ފޮޓޯތަކެއް އާއްމުކޮށްފައިވެ އެވެ. އަދި އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވެސް ވަނީ ބުނެފަ އެވެ.
ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ އަޒްލިފް މަރުވެފައިވާ ކަމަށް ބުނާ މައްސަލަ ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި ކަށަވަރެއް ނުކުރެވޭ އޭނާ [އަޒްލިފް] މަރުވެފައިވާ ކަމަކަށް. އެކި ރިޕޯޓްތައް އެކި ގޮތަށް ލިބިފައި އެބަހުރި މިހާ ހިސާބަށް އައިރު ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑިފެންސް މިނިސްޓަރާއި އެ ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުރަހީމް. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އަޒްލިފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވި އެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. އޭނާގެ މައްޗަށް ކުރިން އުފުލީ، ޓެރަރިޒަމްގެ ދައުވާ އެވެ. ރާއްޖެ އިން އަޒްލިފް ފުރައިގެން ދިޔައީ، އެ ދައުވާ އުފުލާފައި ވަނިކޮށެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ އިތުރުން ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ވެސް އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެ އެވެ.
ޓްރެވެލް އެޑްވައިޒަރީ ނެރެނީ ސޯޝަލް މީޑިއާގެ ވާހަކަތަކުން
ހަނގުރާމައަށް ދާ ދިވެހިންގެ އަދަދު އިތުރުވެއްޖެ
އެންމެ ނުރައްކާ ތުހުމަތުކުރެވޭ މީހުން އުދުހެނީ
ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ ރައްކާތެރިވުމުގެ ގޮތުން
ޓެރަރިޒަމް ހިންގަނީ ސިޔާސީ ކަންކަމާ ގުޅުވައިގެން
ހަރުކަށި ފިކުރު ފެތުރޭ ރަށްތައް ހޯދިއްޖެ: މިނިސްޓަރު
އަފްރާޝީމްގެ ހަނދާނީ އިސްލާމީ މަރުކަޒު މަޝްރޫއު ފަށަނީ
ޓެރަރިޒަމާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވަނީ
"ޓެރަރިޒަމާ ދެކޮޅު އިސް ގައުމަކަށް ރާއްޖެ ވާނެ"
"ޓެރަރިޒަމަށް ހަރަދުކުރާ ބަޔަކު ރާއްޖެއަކު ނެތް"