12 އެޕްރީލް 2017
ދިވެހިރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރު ފަތުރާ ވަކިވަކި ފަރުދުންނާއި އެ ފިކުރު ފެތުރެމުންދާ ރަށްތައް ފާހަގަކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރު ފަތުރާ ވަކިވަކި ފަރުދުންނާއި އެ ފިކުރު ފެތުރެމުންދާ ރަށްތައް ފާހަގަކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޯސްޓްގާޑު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ވެބްސައިޓާއި ހޮޓްލައިން 1615 އިފްތިތާހުކޮށްދެއްވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރު ރާއްޖޭގައި އޮތް މިންވަރު ކައުންޓަ ޓެރަރިޒަމް ސެންޓަރުން ހެދި ދިރާސާ އިން ދެނެގަނެވިފައިވާ ކަމަށެވެ. އެކަމަކު އެ ފިކުރު ފަތުރާ މީހުންނާއި ފެތުރޭ ރަށްތަކުގެ ތަފްސީލެއް އެ ސެންޓަރުން ހާމައެއް ނުކުރި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ދިރާސާ އަށް ބަލައި، ކަމާބެހޭ އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި ތުރުކީ ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، އެ ގައުމަށް އެތެރެވެ ސީރިއާ އަށް ދާ މީހުން ހުއްޓުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ތުރުކީ މަގުން ސީރިއާ ހަނގުރާމަ އަށް ދާން އުޅުނު މީހުންތަކެއް ވަނީ ހުއްޓުވައިފަ އެވެ. އެއީ ކިހާ ބައެއް ކަން ވިދާޅު ނުވި ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ އިން މިހާތަނަށް ދިޔައީ ޖުމްލަ 49 ފިރިހެނުންނެވެ.
ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ބޭރުގައި ހިންގާ ހަމަނުޖެހުންތަކުގައި ބައިވެރިވާން ރާއްޖޭގެ މަދު ބަޔަކު ދިޔަ ނަމަވެސް ޓެރަރިސްޓް ޖަމާއަތެއް ރާއްޖޭގައި ހަރަކާތްތެރިއެއް ނުވެ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި މުޖުތަމައު ގުޅިގެން ހައްލުނުކުރެވޭ މިންވަރަށް ދީނީގޮތުން ހައްދުފަހަނާޅާފައިވާ ފިކުރާއި އެފަދަ ހަރަކާތްތައް މުޖުތަމައުގައި ފެތުރިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މީގައި އަޅުގަނޑުމެން އެންމެ ކަންބޮޑުވާ އެއް ކަމަކީ ދީނުގެ ނަމުގައި ފަތުރަމުންދާ ހަރުކަށި މެސެޖްތަކާއި ނުބައި މައުލޫމާތުތަކުގެ އެންމެ ބޮޑު އެއްޝިކާރައަކަށް އަޅުގަނޑުމެންގެ ޒުވާނުން ވުން. ދީނުގެ ކަންކަމުގަ އާއި ހިލާފު އުފެދޭ ނުވަތަ ދެބަސްވެވޭ ކަންކަމުގައި ރުޅިވެރިކަމާއި ޖައްބާރުކަން އިސްކުރުމަށް މެސެޖްތައް ފެތުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނސްޓަރު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ފިކުރީ އޮއިވަރުތަކެއް އަންނަނީ ފެތުރެމުން ކަމަށެވެ. ސިޔާސީ އަދި ތަފާތު އެހެން އިޖުތިމާއީ ފިކުރުތަކާއި ލާދީނީ ފިކުރުތަކާއި އެހެން ދީންތައް ފެތުރުމަށް ބާރުލިބޭ ފިކުރުތައް ފެތުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ސަރުކާރު އޮތީ މިކަމަށް ވަރަށް ހުޝިޔާރުވެ މިކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި، އަމިއްލަ އިސް ނަގައިގެން ވެސް ރާއްޖޭގެ ބައެއް އަންހެނުން ދަނީ ބައިވެރިވަމުންނެވެ. އަދި އެފަދަ މީހުން އެ އެހެން އަންހެނުންނަށް ވާގިވެރިވެ އެ ފިކުރު ފަތުރާއިރު، ބައެއް އަންހެނުންދާން ފިރިން މަޖުބޫރުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެތެރެއިން ބައެއް އަންހެނުން، ކުޑަކުދިން ގޮވައިގެންދާއިރު ސީރިއާގައި އެ ކުދިންނަށް ނިކަމެތިކަން ލިބޭ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.
ހަނގުރާމައަށް ދާ ދިވެހިންގެ އަދަދު އިތުރުވެއްޖެ
ހަނގުރާމައަށް ދާން އުޅުނު ތިން މީހަކު ހިފަހައްޓައިފި
ދިވެހިން ހަނގުރާމަ އަށް ފޮނުވާ މީހުން ދެނެގަނެވިއްޖެ
އޮޅުވާލައިގެން ހަނގުރާމައަކަށް، ހަޔާތް މުސީބާތަކަށް!
ސީރިޔާގެ އައިއެސް ލީޑަރު މަރާލައިފިން: ތުރުކީ
ސީރިއާގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ
ސީރިއާގައި ތިބި ދިވެހިން ގެންނަން ކަންކަން އެބަ ބަލާ
ސީރިއާގައި ތިބި ދިވެހިން ހަތް މަސް ތެރޭ ގެންނަނީ
ސީރިޔާގައި ދިން އިންޓަވިއުއާ އެކު އިމްރާންގެ އިންޒާރެއް
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް