27 އެޕްރީލް 2017
އެއް ފައިގެ ކުރިއަށް އަނެއް ފައި އެޅުމުން ސިކުނޑިއަށް ކުރާ އަސަރަކީ ސިކުނޑީގެ ބާރު ގަދަވެ، ސިކުނޑީގެ ސިއްހަތަށް ފައިދާކުރާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެއް ފައިގެ ކުރިއަށް އަނެއް ފައި އެޅުމުން ސިކުނޑިއަށް ކުރާ އަސަރަކީ ސިކުނޑީގެ ބާރު ގަދަވެ، ސިކުނޑީގެ ސިއްހަތަށް ފައިދާކުރާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ކުޑަ ދިރާސާއަކުން ދައްކަނީ ހިނގާއިރު ލޭ ހޮޅިތަކުން ސިކުނޑިއަށް ފޯރާ "ޕްރެޝަ ވޭވްސް" އިން ސިކުނޑިއަށް ލޭ ފޯރުވައިދިނުން އިތުރުވާ ކަމަށެވެ.
ނިއު މެކްސިކޯ ހައިލޭންޑްސް ޔުނިވަސިޓީގެ ރިސާޗާ އާނަސްޓް ގްރީނީ އާއި އޭނާގެ ޓީމުން ކުރި ދިރާސާއިން އެނގުނީ ސިކުނޑިއަށް ލޭ ފޯރުން ވަރަށް އަވަސް އަވަހަށް ބަދަލުވަމުން އަންނަ ކަމެެވެ. އަދި ބައިސްކަލް ދުއްވުމާއި ހިނގުމާއި ދުވުން ފަދަ ކަސްރަތުން ސިކުނޑި އޭގެ އެންމެ އެކަށީގެންވާ ގާބިލްކަމުގައި މަސައްކަތްކުރުމަށް އެހީއަކަށްވާ ކަމަށް ދިރާސާއިން ހާމަވި އެވެ.
މީގެ ކުރިން ބައެއް ދިރާސާތަކުގައި ބުރަވަނީ ސިކުނޑިއަށް ލޭ ސަޕްލައިވުމަކީ، މީހާގެ ހަރަކާތްތަކާ ގުޅުމެއް ނެތް، އަމިއްލަ ޒާތުގައި ހިނގާ މަރުހަލާއެއް ކަމަށެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން އެނގޭ ގޮތުގައި، ހިނގުމާއި ދުވުން ފަދަ ކަންކަމުން ފަޔަށް ގެންނަ ހަރަކާތުގެ ސަބަބުން ސިކުނޑިން ބޭރަށް ލޭ ފޮނުވައިދިނުން ރެގިއުލޭޓްކޮށް، ސިކުނޑީގައި ލޭ ހިނގުން ފުރިހަމަކޮށްދޭ ކަމަށެވެ.
ދުވާ ނުވަތަ ހިނގާ މީހާގެ ހިތުގެ ހިނގުމާއި ފިޔަވަޅުތަކުގެ ހަމަޔަށް ލޭގެ ސަޕްލައި ކޮންޓްރޯލްކޮށްދޭ ވޭވްސްތައް މަސައްކަތްކުރާ ކަމަށް ވެސް މި ހޯދުމުން އެނގުނެވެ.
ދިރާސާގައި، ހިނގުމުން ލޭގެ ސަޕްލައި އަށް އަންނަ ބަދަލާއި ދުވުން އަންނަ ބަދަލު އަދި އަރާމުކުރާ ވަގުތު ލޭގެ ދައުރުވުން ހުންނަ ގޮތް ވެސް ބެލި އެވެ. މިގޮތަށް ބެލުމުން އެނގުނު ގޮތުގައި، ހިނގުމުން އަންނަ ބަދަލަށް ވުރެ އާދަޔާ ހިލާފް ބަދަލެއް ދުވުމަކުން އަދި ބައިސްކަލް ދުއްވުމަކުން ނާދެ އެވެ. އެކަމަކު ތަފާތު ފާހަގަވާ ވަރަށް ބަދަލު އާދެ އެވެ.
ދުވަންޏާ ކަކުލު ހުޅު ހަލާކުވާނެތަ؟
ކަސްރަތު ކުރަންވީ ދުވާލު، އެންމެ ރަނގަޅީ ހެނދުނު
މި މީހުންގެ ދިރިއުޅުން ބަދަލުވީ ދުވެގެން
އެންމެ ގިނައިން ހިނގަނީ ހޮންކޮންގު މީހުން
ދުވެގެން ލިބޭ ކަސްރަތު ހިނގައިގެން ލިބޭނެތަ؟
ގަޑިއެއްހާއިރުގެ ލުއި ކަސްރަތަކުން ބޮޑު ފައިދާއެއް
އުރީދޫގެ ފަން ރަން ޑިސެމްބަރު މަހު ހުޅުމާލޭގައި
ފިޓްނެސް:ހަމައެއް ލަމައެއް ނެތް، އެ މީހަކާ އެ މީހެއް
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން
ހެނދުނު ކުރާ ކަސްރަތުގެ ފައިދާ ބޮޑު