އުމުރުން 11 އަހަރުގައި ޑެނިއެލް ލޯޑް ވަނީ ކެންސަރު ބައްޔާ ދެކޮޅަށް ވަރަށް ވަރުގަދަ ހަނގުރާމައެއް ކޮށްފަ އެވެ. އަދި އޭނާގެ އާއިލާއަށް ވެސް މިއީ ކުރަންޖެހުނު ވަރަށް ހިތްދަތި ތަޖުރިބާއެކެވެ. ނަމަވެސް ކެންސަރު ބަލިން މުޅިން ސަލާމަތްވުމަށް ފަހުގައި ވެސް އެކަމުން ލިބުނު ގެއްލުންތައް މުޅި އުމުރަށް ތަހައްމަލުކުރަން ވަނީ ޖެހިފަ އެވެ.
25 އެޕްރީލް 2017
އުމުރުން 11 އަހަރުގައި ޑެނިއެލް ލޯޑް ވަނީ ކެންސަރު ބައްޔާ ދެކޮޅަށް ވަރަށް ވަރުގަދަ ހަނގުރާމައެއް ކޮށްފަ އެވެ. އަދި އޭނާގެ އާއިލާއަށް ވެސް މިއީ ކުރަންޖެހުނު ވަރަށް ހިތްދަތި ތަޖުރިބާއެކެވެ. ނަމަވެސް ކެންސަރު ބަލިން މުޅިން ސަލާމަތްވުމަށް ފަހުގައި ވެސް އެކަމުން ލިބުނު ގެއްލުންތައް މުޅި އުމުރަށް ތަހައްމަލުކުރަން ވަނީ ޖެހިފަ އެވެ.
އިންގްލެންޑްގެ މި ފިރިހެން ކުއްޖާ ވެސް ކެންސަރާ ހަނގުރާމަކުރުމަށް ސާޖަރީތަކާއި ކީމޯތެރަޕީ ހަދާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އެހެންކަމުން ޑެނިއަލްގެ ގައިން ކެންސަރު މުޅިން ނައްތާލެވިއްޖެކަން އެނގުމުން އޭނާ އާއި އާއިލާއަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފަލެކެވެ. ނަމަވެސް އޭނާގެ މަންމަގެ ހިތް ހަލާކުވެފައި ވަނީ އެހެން މައްސަލައެއްގަ އެވެ. ދަރިފުޅުގެ މޫނުގެ ނާރުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން، ހިނިތުންވުން ނުފެންނާނެތީ އެވެ.
ޑެނިއަލްގެ މަންމަ ބުނި ގޮތުގައި އޭނާގެ ލޯބިލޯބި ހިނިތުންވުން މަތިން އަބަދުވެސް ހަނދާން ވާނެ އެވެ. އަދި ކޮންމެވެސް ދުވަހަކުން އެ ހިނިތުންވުން ދަރިފުޅަށް އަލުން ލިބުމަކީ އޭނާގެ އުންމީދެކެވެ. ވަރަށް މަދުން ނޫނީ ނުޖެހޭ ޒާތުގެ ސިކުނޑީގެ ކެންސަރެއް ޖެހި ދަރިފުޅު އެ ބަލިން ސަލާމަތްވުމަކީ އޭނާގެ ހިނިތުންވުން ނުފެނުމަށްވުރެ ޑެނިއަލްގެ މަންމަ މާ ބޮޑަށް އުފާވާ ކަމެކެވެ.
ޑެނިއަލްގެ މޫނުގެ ނާރުތަކަށް ލިބުނު ގެއްލުން ރަނގަޅު ކުރެވިދާނެކަމާ މެދު ޑޮކްޓަރުންނަށް އެހާ ބޮޑު ޔަގީންކަމެއް ނުދެ އެވެ.
ކެންސަރުގެ ސަބަބުން ޑެނިއަލްގެ ލޮލާއި ވާހަކަ ދެއްކުމާ ގުޅިފައިވާ ނާރުތަކަށް ވެސް ވަނީ ގެއްލުން ވެފަ އެވެ. މިހާރު އޭނާއަށް ސްޕީޗް ތެރަޕީ ދީގެން ކޮންމެވެސް ވަރަކަށް އެ މަސްތަކުގެ ބާރުޖެއްސޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
މި ކުއްޖާގެ ވަސިއްޔަތަކީ މަންމަ ކައިރީގައި ވަޅުލުން
ބައްޕަ ސަލާމަތްކުރަން ކުއްޖަކު 10 ކިލޯ ބަރުވެއްޖެ
ކުދިންނަށްދޭ ފޯމިއުލާއަކުން ޖަރާސީމު ފެނިގެން މަނާކޮށްފި
ހީނާ ވިދާޅުވީ ހަޖޫޖަހަނީ އިންސާނިއްޔަތުކަމެއް ނެތުމުން
ކެންސަރު ދުރާލައި ދެނެގަނެވޭނެ ގޮތް ފަހިވާންޖެހޭނެ
ކެންސަރުން ސަލާމަތްވާން ސުވޭ ދެއްކި ހިތްވަރު
ތިން ބައްޔަކާ ދެކޮޅަށް ރާއްޖެއަށް ބޮޑު ކާމިޔާބީއެއް
ގޯޑަން ރަމްޒީ ހަމުގެ ކެންސަރަށް ފަރުވާކުރަނީ
އިންފެކްޝަންގައި ހާލު ދެރަވި ކުދިން ބޭރަށް ފޮނުވާލަނީ