ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ދަރަނީގެ ނިސްބަތް ރަނގަޅުވެ، ބޭރުގެ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވި ތިން އަހަރު ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.
30 އެޕްރީލް 2017
ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ދަރަނީގެ ނިސްބަތް ރަނގަޅުވެ، ބޭރުގެ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވި ތިން އަހަރު ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކުރުމަށް މާލޭގައި ބޭއްވި ޖަލްސާގައި ޒަމީރު ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގުމަށް ފައިސާ ދޭން ބޭނުންވެފައި ތިބި ގިނަ ބަޔަކު އެބަތިބި ކަމަށެވެ.
"ހުރިހާ ޕްރޮޖެކްޓެއް ހިނގަމުން އަންނަ އިރު، ރާއްޖޭގެ ދަރަނީގެ ތަސައްވުރު ވަނީ ރަނގަޅުވެފައި،" ރާއްޖެ ހަލުވިމިނެއްގައި ތަރައްގީވަމުން އަންނަކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ދަނީ ހިނގަމުންނެވެ. އެ ގޮތުން ދެ މިލިއަން ރުފިޔާ އިން ފެށިގެން 200 ނޫނީ 300 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޕްރޮޖެކްޓުތައް ހިނގަމުން އަންނަ ރަށްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވާހަކަ ދައްކަވަނީ. ރާއްޖޭގެ ދަރަނީގެ ތަސައްވުރު ރަނގަޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ތަރައްގީގެ ގިނަ ޕްރޮގްރާމްތަކެއް ރައީސް އަބްދުﷲ ޔާމީން ހިންގަވަން ނިންމަވާފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ތަރައްގީތަކެއް އައިސްފައި ހުއްޓަސް، އެކަން ކުރީ ބާރު ސްޕީޑެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު މި ފެންނަނީ ބާރު ސްޕީޑުގައި ސަރުކާރު މަސައްކަތް ކުރާ ތަނެވެ.
ޓޫރިޒަމް ދާއިރާ ފުޅާކުރުމުގެ ބޭނުމުގައި ގިނަ ޕްރޮޖެކްޓުތަކެއް ފަށާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ގޮތުން މާލެ އަތޮޅުގައި އެކަނި ވެސް ތިން ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތައް ހިނގަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓުތަކަކީ ފަޅުތައް ހިއްކައިގެން ހިންގާ މަޝްރޫއުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި މާލެ އަތޮޅު އެނބޫދޫފަޅު ހިއްކުމުގެ ބޮޑު މަޝްރޫއާއި ބ.އަތޮޅު ކައިރިން ފަޅެއް ހިއްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ތައިލެންޑުގެ ސިންހަ އެސްޓޭޓާއި ސިންހަ ކޯޕަރޭޝަން އަދި ހާޑް ރޮކް ކެފޭސް ގުޅިގެން، މާލޭގެ ދެކުނުން އޮންނަ އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރާ ރިސޯޓްތަކުގެ ތެރެއިން ގިނަ ރިސޯޓްތަކެއް އަންނަ އަހަރު ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފަޅުތައް ހިއްކުމަށް ފަހު، އެ ތަން ރަށެއްގެ ގޮތުގައި ތަރައްގީކޮށް، ވިއްކުމަކީ ދައުލަތަށް އާމްދަނީ ހޯދުމަށް ސަރުކާރުން ގެންގުޅޭ ފޯމިއުލާއެކެވެ.
"މާލެ އާއި މާލެ ކައިރީގައި އުޅޭ މީހުންނަށް ލިބޭނެ ފައިދާއަކީ އާއިލާއާ އެކީގައި ތިބެފައި ގޮސް އެ ތަންތަނުގައި ވަޒީފާ އަދާކޮށްފައި އަނބުރާ ރަށްތަކަށް އާދެވޭނެ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި ޕްލޭން ކުރެވިފައި ވަނީ އެގޮތަށް،" ޒަމީރު ވިދާޅުވި އެވެ.
"ގިނަ ރަށްތަކުގައި ގަސްތައް އިންދައި ވަރަށް އެޑްވާންސްކޮށް އޮތީ. އަހަރެއްހާ ދުވަހުގެ ތެރޭގައި މި ރަށްތަކުގައި ރިސޯޓު ހެދިގެން ދާނެ،"
ޒަމީރު ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި ރައީސް ޔާމީން ގެންނަވަން މަސައްކަތް ކުރެއްވި ތަރައްގީ ރަނގަޅު ސްޕީޑްގައި ނުގެންދެވެނީ ބައެއް ދާއިރާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ކޯލިޝަން މެމްބަރުންނަށް ވޯޓު ދިނުމުގެ މުހިންމު ކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.
އެއާޕޯޓަކާއި ސިޓީހޮޓަލަކާއެކު ފައިނުގައި ބޮޑު މަޝްރޫއެއް
ޓޫރިޒަމް އިޝްތިހާރު ކުރަން މުއްސަނދިންގެ ނެޓްވޯކެއް
ރާއްޖެ މާކެޓްކުރުން އަވަސްކުރަން ޖެހޭ: ރިފްއަތު
ފުވައްމުލަކުގައި 500 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަނީ
ޗައިނާގެ ޓޫރިސްޓުން މަދުވާ މައްސަލާގައި މަޝްވަރާކޮށްފި
ވިލާގެ ރިސޯޓްތަކާ މެދު މަޓީގެ ކަންބޮޑުވުން ޒަމީރަށް
ޓޫރިޒަމް ޕްރޮމޯޓްކުރަން 100މިލިއަން ރުފިޔާ ހޭދަކުރަނީ
ރަށްފަޅުހުރާ ހިއްކައިގެން ވަރުގަދަ ތިން ރިސޯޓް
ޓޫރިޒަމް އިޝްތިހާރު ކުރާނީ ހަރަދު ކުޑަކޮށްގެން: ޒަމީރު
ސްޓާ ވޯޒް އިން އިޝްތިހާރުކޮށް، ސްޓޫޑިއޯ އައިލެންޑެއް