04 މެއި 2017
ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު މަދުވެ، މިދިޔަ މާޗް މަހު ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު 2.1 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު މަދުވެ، މިދިޔަ މާޗް މަހު ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު 2.1 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިއީ މި އަހަރުގެ ތެރޭގައި ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ފުރަތަމަ މަހެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓް ކަމަށްވާ ޗައިނާއިން މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 18،203 އަށް މަދުވެފަ އެވެ. މިއީ ގާތްގަނޑަކަށް 16 ޕަަސެންޓްގެ ދަށްވުމެކެވެ.
އެ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހު ރާއްޖެ އައިސްފައި ވަނީ 112،665 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 115،131 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ޔޫރަޕްގެ އެންމެ ބޮޑު މާކެޓްތައް ކަމަށްވާ އިނގިރޭސިވިލާތާއި ޖަރުމަނުން ރާއްޖެ އައި ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން އިނގިރޭސިވިލާތުން އައި އަދަދު 9.3 ޕަސެންޓް އަދި ޖަރުމަނުން އައި އަދަދު 23 ޕަސެންޓް ވަނީ ދަށްވެފަ އެވެ.
މާޗް މަހު އިނގިރޭސިވިލާތުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 11،095 އަށް މަދުވިއިރު ޖަރުމަނުން އައި އަދަދު ވަނީ 10،216 އަށް ދަށްވެފަ އެވެ. އެކަމަކު އިޓަލީން އައި މީހުންގެ އަދަދު ވަނީ ނުވަ އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ ހިމެނޭ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން އައި އަދަދު ވަނީ 40،302 އަށް ދަށްވެފަ އެވެ. މިއީ 2.5 ޕަސެންޓްގެ ދަށްވުމެކެވެ. އަދި މެދުއިރުމަތިން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 8.3 ޕަސެންޓް ދަށްވެފަ އެވެ. މާޗް މަހު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 15.4 ޕަސެންޓަށް އިތުރުވެފަ އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިންމަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 4.3 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިފަ އެވެ. އެކަމަކު ރާއްޖޭގެ ޓޫރިސްޓު އެނދުގެ އޮކިއުޕަންސީ ވަނީ 70.9 ޕަސެންޓުން 60.7 ޕަސެންޓަށް ދަށްވެފަ އެވެ.
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 67 ޕަސެންޓު ދަށަށް
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 11 ޕަސެންޓް އިތުރު
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް