04 މެއި 2017
އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ "އިސްލާމީ ހޭލުންތެރިކަމާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ" ގެ ދެވަނަ ބުރުގައި އިސްލާމިކް ފައިނޭންސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނިންމައިފި އެވެ.
އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ "އިސްލާމީ ހޭލުންތެރިކަމާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ" ގެ ދެވަނަ ބުރުގައި އިސްލާމިކް ފައިނޭންސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނިންމައިފި އެވެ.
އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެތަނުގެ ރިސާޗް އެންޑް ޕަބްލިކޭޭޝަންގެ ޑީން ޑރ. ދީބާ މޫސާ ވިދާޅުވީ، މިފަދަ ފޯރަމްތައް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިރާސާ ކުރުމަކީ ކޮބައިކަން އަންގައި ދިނުމާއި އެކަމާ ގުޅޭ މަޝްވަރާތައް ކުރުމެވެ.
"މިކަމާ [އިސްލާމިކް ފައިނޭންސް] ބެހޭ މައުލޫމާތުތަކަކީ އަޅުގަނޑުމެންގެ މުޖުތަމައަށް އެހާ ބޮޑަށް ލިބިފައި ހުރި މައުލޫމާތުތަކެއް ނޫން ކަމަށް ވާތީ އަޅުގަނޑުމެނަށް ގަބޫލު ކުރެވުނީ މިއީ ވަރަށް މުނާސިބު ދަނޑިވަޅެއް ކަމަށް" ދީބާ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވަސިޓީގެ އިސް ބައެއް ބޭފުޅުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މަހާާސިންތާގެ ބޭނުމަކީ އިސްލާމިކް ފައިނޭންސްއާ ބެހޭ ގޮތުން ބިނާކުރަނިވި މަޝްވަރާތަކާއި ބަހުސްތައް އާއްމު ކުރުމާއި އެ ދާއިރާ އިން އިތުރު މައުލޫމާތާއި ހުނަރު ލިބިގަތުމަށް މަގުފަހި ކުރުން ކަމަށް އިސްލާމިކް ޔުނިވަސިޓީން ބުންޏެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 23-24 އަށް ބާއްވާ މަހާސިންތާގައި ކިޔަވައި ދޭނީ ބައިނަލްއަގުވާމީ ތަޖުރިބާކާރުންނެވެ.
މަހާސިންތާ އަށް ރަޖިސްޓަރީ ވުމާއި ލިޔުންތައް ހުށަޅަން ޖެހެނީ އަންނަ އޮގަސްޓް މަހުގެ 23 ގަ އެވެ.
ނަމަވެސް އިސްލާމިކް ޔުނިވަސިޓީން ބުނިގޮތުގައި ޖުލައި 15 ގެ ކުރިން ރަޖިސްޓަރީ ކޮށްފި ނަމަ ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އަދި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އޮންލައިންކޮށް ހުޅުވާލައިފަ އެވެ.
މަހާސިންތާގައި ޖުލައި 15 ގެ ކުރިން ބައިވެރިވާ ނަމަ ފީ އަކީ 350ރ. އެވެ. އިސް މުސައްނިފް އަދި މުސައްނިފް ލިޔުން ހުށަހެޅުމަށް ހާޒިރުވާ ނަމަ ފީ އަކީ 400ރ. އެވެ. އަދި މަހާސިންތާގެ ބައިވެރިއެއްގެ ގޮތުގައި މުސައްނިފް ހާޒިރުވާ ނަމަ ފީ އަކީ 300ރ. އެވެ. އަދި އިތުރު ކަރުދާސް ހުށަހަޅާ ނަމަ އަގަކީ 200ރ. އެވެ.
މަހާސިންތާގައި ލިޔުންތައް ތިން ބަހަކުން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެއީ ދިވެހި، އަރަބި އަދި އިނގިރޭސި ބަހެވެ.
އިސްލާާމިކް ޔުނިވާާސިޓީން ބުނީ މަހާސިންތާ އަށް ލިޔުން ހުށަހަޅާ މީހުންނަށާއި ބައިވެރިވާ މީހުންނަށް ސެޓްފިކެޓެއް ލިބޭނެ އެވެ. އަދި ހުށަހަޅާ ލިޔުންތަަކުގެ ތެރެއިން ބަލައިގަނެވޭ ހުރިހާ ލިޔުމެއް ވެސް ޔުނިވާސިޓީގެ ބައިނަލްއަގުވާމީ ޖާނަލް އަލް މަންހަޖު ގައި ޝާއިއު ކުރާާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރު ބޭއްވި ފުރަތަމަ މަހާސިންތާ އަށް 30 އަށް ވުރެ ގިނަ ލިޔުންތައް ހުށަހަޅާފައިވެ އެވެ. އެ މަހާސިންތާ އަށް ބައިނަލްއަގުވާމީ ގޮތުން ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފަ އެވެ.
އައިޔޫއެމް އިން 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ
"އިގްތިސޯދީގޮތުން ރާއްޖޭން އަންނަނީ މިސާލު ދައްކަމުން"
އައިޔޫއެމްގައި އިސްލާމިކް ފައިނޭންސްގެ ލައިބްރަރީއެއް
ތައުލީމީ ގޮތުން ސިންގަޕޫރު ފަދަ ގައުމުތަކާ ވާދަކުރެވޭނެ
އިސްލާމިކް ފައިނޭންސްގެ ދެ ކޯހެއް ފަށަނީ
އިގްތިސާދާ ބެހޭ އިލްމު ޔުނިވާސިޓީން ކިޔަވައިދޭން ފަށަނީ
ދިރާސާ ކުރުމާ ގުޅޭ މުބާރާތެއް އައިޔޫއެމްއިން ބާއްވަނީ
ޑިޖިޓަލް ޓްރާންސްފޮމޭޝަން އެވޯޑް އެމްއައިބީއަށް
ގްލޯބަލް އިސްލާމިކް ފައިނޭންސްގެ އެވޯޑެއް އެލިއާއަށް
އައިޔޫއެމުން 60 މިލިއަންގެ ސުކޫކު ވިއްކައިފި