Roadha Mihaaru
ޓްރަމްޕުގެ ފުރަތަމަ ދަތުރު ސައުދީ އަރަބިއާ އަަށް

ޓްރަމްޕުގެ ފުރަތަމަ ދަތުރު ސައުދީ އަރަބިއާ އަަށް

05 މެއި 2017

ވޮޝިންޓަން (މެއި 4) - އެމެރިކާގެ ރައީސްކަން ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރު ސައުދީ އަރަބިއާ އަށް ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 4) - އެމެރިކާގެ ރައީސްކަން ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރު ސައުދީ އަރަބިއާ އަށް ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މި މަހު ފަހުކޮޅު ޓްރަމްޕް ފައްޓަވާ ދަތުރުގައި ނޭޓޯގެ ބައްދަލުވުމަކަށް ބްރަސަލްސް އަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި ރޯމުގެ ވެޓިކަން އަށާއި އިޒްރޭލަށް ވަޑަައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ޓްރަމްޕުގެ ދަތުރު ނިންމަވާލައްވާނީ ސިސިލީގައި ބާއްވާ ޖީ7 ގެ ސަމިޓަށް ފަހު އެވެ.

ގައުމުން ބޭރަށް ޓްރަމްޕް ވަޑައިގަންނަވާކަން އިއުލާންކޮށްފައި މި ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ވައިޓްހައުސްގައި ބައްދަލު ކުރައްވައިފައި ވަނިކޮށެވެ. ޓްރަމްޕް ވަނީ މެދުއިރުމައްޗަށް ސުލްހަ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ފެބްރުއަރީ މަހު ޓްރަމްޕް ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވައިޓްހައުސްގައި ބައްދަލު ކުރައްވައިފަ އެވެ. ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާންއާ ޓްރަމްޕް ވަނީ މާޗު މަހު ވޮޝިންޓަނުގައި ބައްދަލު ކުރައްވައިފަ އެވެ.

ޓްރަމްޕުގެ ވެރިކަމަށް 100 ދުވަސްވީ އިރު ގައުމުން ބޭރަށް ދަތުރު ކުރައްވައިފައެއް ނުވެ އެވެ. ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ވަނީ ތިން ދަތުރެއްގައި ނުވަ ގައުމަށް ވަޑައިގެންފަ އެވެ.