ސައޫދީ އަރަބިއްޔާގެ ވެރިކަމުގެ ޒިންމާތައް އަދާކުރައްވާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަންނަ މަހު އެމެރިކާއަށް ވަޑައިގެން، ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާނެ ކަމަށް ސައޫދީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން އޭއެފްޕީއަށް ކަށަވަރުކޮށްދީފި އެވެ.
ސައޫދީ އަރަބިއްޔާގެ ވެރިކަމުގެ ޒިންމާތައް އަދާކުރައްވާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަންނަ މަހު އެމެރިކާއަށް ވަޑައިގެން، ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާނެ ކަމަށް ސައޫދީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން އޭއެފްޕީއަށް ކަށަވަރުކޮށްދީފި އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ މުހައްމަދު އެމެރިކާއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށާއި އޭގެ އަނެއް ދުވަހު ޓްރަމްޕާ އެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ދަތުރު ހަމަޖެހިފައިވާކަން ހާމަކޮށްފައި މި ވަނީ ފަލަސްތީނުގެ ޣައްޒާގައި ދެމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު ހުއްޓުމަކަށް ގެނުވި، ޓްރަމްޕުގެ ހުށަހެޅުމަށާއި އެއްބަސްވުމަށް ސައޫދީން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި ވަނިކޮށެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމުގެ ކުރިން އެމެރިކާ އާއި ސައޫދީން ދިޔައީ ސަލާމަތީ ގޮތުންނާއި ހަކަތައިގެ ދާއިރާއިން ޔަގީންކަން ދިނުމުގެ ބަދަލުގައި އިޒްރޭލާ އެކު އާދައިގެ ގުޅުމަކަށް ރުޖޫއަވުމާ ބެހޭ ގޮތުން މަޝްވަރާކުރަމުންނެވެ.
ޣައްޒާއަށް އިޒްރޭލުން ހަމަލާތައް ދޭން ފެށުމާ އެކު ސައޫދީން ވަނީ އެމެރިކާއާ އެކު މި މަޝްރާތައް ހުއްޓާލައިފަ އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ނުކުރެވެނީސް އިޒްރޭލު ބަލައިނުގަންނާނެ ކަމަށް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. -- އޭއެފްޕީ
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
މުހައްމަދަކީ އިންސާނީ ހައްގުގައި ނަމޫނާއެއް: ޓަރްމްޕު
ޕްރިންސް މުހައްމަދާއި ޓްރަމްޕް ބައްދަލު ކުރައްވައިފި
ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ޕްރިންސް މުހައްމަދު އެމެރިކާ އަށް
"އިޚްވާނުލް މުސްލިމީން" އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
ހަރަދު ކުޑަކުރަން ހެދި އޮފީސް "ސިއްރުން" އުވާލައިފި
ޚާޝުގްޖީގެ މައްސަލައިގައި މުހައްމަދުގެ ދިފާއަށް ޓްރަމްޕު
އެމެރިކާ ސަރުކާރުގެ "ރެކޯޑް ބަންދު" ނިމުމަކަށް
އައިސިސްއާ ދެކޮޅު އިއްތިހާދުގައި ސީރިއާ ބައިވެރިވަނީ
ކުރީގެ "ޓެރަރިސްޓް" އެންމެ ފަހުން ވައިޓް ހައުސްއަށް