Roadha Mihaaru
ވޯޓުގައި މައްސަލަތަކެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވޭ

އިންތިޚާބުގައި މާބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވޭ: ރައީސް

06 މެއި 2017

މިއަދު ބާއްވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި އެހެންވެ، އިންތިޚާބުގެ ތެރޭގައި މާބޮޑު މައްސަލައެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިއަދު ބާއްވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި އެހެންވެ، އިންތިޚާބުގެ ތެރޭގައި މާބޮޑު މައްސަލައެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް އިންތިޚާބުގައި ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހެނދުނު ވޯޓުލުން ފެށިއިރު ފޮށިތައް އޮޅުން ފަދަ ކުދިކުދި މައްސަލަތައް ދިމާވި ނަމަވެސް، އެކަންކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ވޯޓަކީ އިންސާފުވެރި އަދި މިނިވަން އެއްޗަކަށް ވާންޖެހެ އެވެ. އަދި ވިދާޅުވީ އިންތިޚާބުގައި ބޮޑެތި ގޯސްތައް ހުރުމަށް ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށާއި އެހެންވެ، މިއީ ވަރަށް އިންސާފުވެރި އަދި މިނިވަން ވޯޓަކަށް ވާން ޖެހޭނެ ކަމަށެވެ. ރައީސް އަދި ވިދާޅުވި ގޮތުގައި ވޯޓެއް ލުމުން މަސްލަހަތު ގެއްލިގެން ނުވާނެ އެވެ.

"ވޯޓެއް ލުމުން މަސްލަހަތު ގެއްލޭ ކަންކަން ކުރިމަތިވޭ. އެކަމަކު އަޅުގަނޑަކަށް ނުވިސްނޭ ވޯޓެއް ލައިގެން މަސްލަހަތު ގެއްލެން ޖެހޭނެ ކަމަކަށް. އެއީ ޑިމޮކްރަސީ އަކީ އެ މީހަކު އިހްތިޔާރު ކުރި ގޮތް ވޯޓުން ދައްކާގޮތް ކަމަށް ވާތީ،" ސީއެޗްއެސްއީގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓު ލެއްވުމަށް ފަހު މީޑިއާގައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ލޯކަލް އިންތިޚާބު މޮނީޓާ ކުރަން ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވެސް ދައުވަތު ދީފައިވާނެ ކަމަށާއި އެހެންވެ، އިންތިޚާބު އަމާންކަމާއެކު ގޮސްފިނަމަ ބައިނަލްއަގްވާމީ ފަރާތްތަކުގެ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި އިންތިޚާބާ ގުޅޭ ގޮތުން މާ ބޮޑު ޝަކުވާއެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. އެކަމަކު ކިޔޫ ބޮޑުވުމާއި ހޫނުގަދަވުން، އަދި އެކި އޮފިޝަލުން އެކި ގޮތަށް ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އެތަނުން ބުންޏެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 255،987 މީހުންނަށް ލިބިފައިވާއިރު ވޯޓުލުމަށް 431،939 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފަ އެވެ. ޖުމްލަ 653 ކެންޑިޑޭޓުން މި އިންތިހާބުގައި ކުރިމަތިލާއިރު ތަފާތު ސަބަބުތަކާ ހުރެ 13 ކެންޑިޑޭޓަކަށް ވަނީ އޮޓަމެޓިކުން ގޮނޑި ކަށަވަރުވެފަ އެވެ.