16 މެއި 2017
އަހުމަދު ޝަރަފް ގާއިމްކޮށްފައިވާ ގައުމީ ހާފް މެރެތަން ދުވުމުގެ ރެކޯޑް ހަތް ސިކުންތުގެ ފަރަގަކުން ޝިފާޒް މުހައްމަދު މުގުރާލައިފި އެވެ.
އަހުމަދު ޝަރަފް ގާއިމްކޮށްފައިވާ ގައުމީ ހާފް މެރެތަން ދުވުމުގެ ރެކޯޑް ހަތް ސިކުންތުގެ ފަރަގަކުން ޝިފާޒް މުހައްމަދު މުގުރާލައިފި އެވެ.
މިދިޔަ އަހަރުގެ މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16:17 މިނެޓުން ރޭސް ނިންމައިގެން ޝަރަފް ހަދާފައިވާ ރެކޯޑް ޝިފާޒް މުގުރާލީ ނޭޕާލުގެ ބިރްގުންޖް ހާފް މެރެތަންގައި އޭޕްރިލް 22 ވަނަ ދުވަހު 1 ގަޑި 16:10 މިނެޓުން ދުވެގެންނެވެ. މި ރެކޯޑް މޯލްޑިވްސް އެތުލެޓިކްސް އިން ވަނީ މިއަދު ވެރިފައިކޮށްދީފަ އެވެ. ޝިފާޒް ރެކޯޑް މުގުރާލީ ނޭޕާލުގައި ތިން މަސް ދުވަހު ކުރިއަށްގެންދިޔަ ވަރުގަދަ ތަމްރީންތަކަށް ފަހު އެވެ.
ނަސީރު އިސްމާއިލް 1994 ވަނަ އަހަރު 1 ގަޑި 19:23 މިނެޓުން ހެދި ހާފް މެރެތަން ރެކޯޑް އެންމެ ފުރަތަމަ މުގުރާލީ 2014 ވަނަ އަހަރު ޕުކެޓް މެރެތަންގައި 1 ގަޑި 19:05 މިނެޓުން އަހުމަދު ރިޒާ އެވެ.
ނަސީރުގެ ރެކޯޑް ހެދިތާ 23 އަހަރުވީ އިރު ރާއްޖޭގެ އެތުލީޓުން މި ހޯދީ 3 މިނެޓު 13 ސިކުންތުގެ ކުރިއެރުމެކެވެ. ހާފް މެރެތަން އަކީ 21 ކިލޯމީޓަރު (މާލެ ވަށައި ނަމަ ހަތަރު ބުރު) ޖަހަން ޖެހޭ ރޭހެކެވެ.
ސިފައިންގޭގައި މަސައްކަތްކުރާ ޝިފާޒަކީ ދިގު ރާސްތާ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ވަނީ ދިރާގު ރޯޑްރޭސް ވެސް މީގެ ކުރިން ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް 2015 ވަނަ އަހަރު ކާމިޔާބުކުރި އެވެ.
ދުވުންތެރިން އެންމެ ފަހުން ތަމްރީނަށް ފުރައިފި
އައިއޯއައިޖީ: ޝިފާޒު ގައުމީ ރެކޯޑް އާކޮށް، ހަތަރަކަށް
ޝިފާޒަށް ކާމިޔާބު އަހަރެއް: ފަސް ބެލުމެއް ނެތް
މެޔަށް ތަދެއް އަރައި ޝިފާޒަށް ރޭސް ފުރިހަމަ ނުކުރެވުނު
ހާފް މެރެތަން ރެކޯޑް އަނެއްކާ ވެސް ޝިފާޒަށް
ހާފް މެރެތަން ރެކޯޑް ޝިފާޒާއި މަރީ އާކޮށްފި
ހަތަރު ސިފައިންގެ ދުވުމުގެ ހިތްވަރު: ނަމޫނާއެއް
ޝިފާޒް ގައުމީ މެރަތަން ރެކޯޑް މުގުރާލައިފި
ދިގު ބްރޭކަށް ފަހު އެނބުރި އައި ޝިފާޒަށް ކުރިއެރުން
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް