Roadha Mihaaru
ނޫސްވެރިކަމުގެ އިނާމު ދޭ އުސޫލު އެކުލަވާލައިފި

މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު އެކުލަވާލައިފި

18 މެއި 2017

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިކަމުގެ އިނާމު ދިނުމުގައި ގެންގުޅޭ އުސޫލުތައް އާންމުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިކަމުގެ އިނާމު ދިނުމުގައި ގެންގުޅޭ އުސޫލުތައް އާންމުކޮށްފި އެވެ.

މީޑިއާ ކައުންސިލުން އިއްޔެ ފާސްކޮށް މިއަދު އާންމުކުރި އުސޫލުގައި، އިނާމު ދޭ ދާއިރާތަކުގެ ތެރޭގައި ފީޗާ ލިއުމުގެ ދާއިރާ އަލަށް ހިމަނާފައިވެ އެވެ. ފީޗާ ލިއުމުގެ އިތުރުން ހިމެނެނީ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ، ވިޔާފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އަދި ވީޑިއޯ ޖާނަލަޒިމްގެ ދާއިރާ އެވެ.

މީގެ އިތުރުން ހާއްސަ ދެ އިނާމުގެ ގޮތުގައި ލައިފްޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމް ވެސް ކުރިއެކޭ އެއްގޮތަށް މި ފަހަރު ވެސް ވަނީ ހިމަނައިފަ އެވެ.

ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ ތިން އަހަރުވީއިރު ބަރާބަރަށް ދެމުން އައި އެވޯޑު ނޫސްވެރިންގެ ދުވަހު ނުދެވި، ވަނީ ލަސްވެފަ އެވެ. މީޑިއާ ކައުންސިލުން ބުނި ގޮތުގައި އެވޯޑު ދިނުން ލަސްވީ ގަވާއިދަށް ބަދަލު ގެނެސް، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ނުކުރެވިގެންނެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ މަގުސަދަކީ މީޑިއާގައި ހަރަކާތްތެރިވާ މީހުން ތަބާވާން ޖެހޭ ހަމަތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރުގައި މަސައްކަތް ކުރާ ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް ނޫސްވެރިންނަށް ހިތްވަރު ދިނުން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.