21 މެއި 2017
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނާތީ، މި އަހަރުގެ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑުޖައްސާލަން އޭސީސީން އިސްލާމިކް މިނިސްޓްރީ އަށް މިއަދު އަންގައިފި އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނާތީ، މި އަހަރުގެ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑުޖައްސާލަން އޭސީސީން އިސްލާމިކް މިނިސްޓްރީ އަށް މިއަދު އަންގައިފި އެވެ.
ރާއްޖެ އަށް ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން 500 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު، ބާކީ 500 ކޯޓާގެ ދަށުން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީން ނިންމާފައިވަނީ، މި ފަހަރު ބީލަން ކާމިޔާބު ކުރި ފަސް ކުންފުންޏަކަށެވެ.
ބީލަން ކާމިޔާބު ކުރި ކުންފުނިތަކާ އެކު، ހައްޖަށް މީހުން ގެންދިއުމުގެ އެއްވެސް ކަމެއް މިވަގުތަށް ނުކުރުމަށް އޭސީސީން އެންގީ އަމިއްލަ ބަޔަކު އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ހައްޖު ކޯޓާއާ ގުޅޭ އިތުރު އެއްވެސް ކަމެއް ނުކުރަން އިސްލާމިކް މިނިސްޓްރީ އަށް އަންގާފައިވާ ކަން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ކަށަވަރުކޮށް ދެއްވި އެވެ.
"އެކަމާ ގުޅޭ މައްސަލައެއް ހުށަހެޅިފައިވާތީ މިއަދު ހެނދުނުން ފެށިގެން އަޅުގަނޑުމެން އެ މައްސަލަ ބަލަމުން މިދަނީ. އެ ޝަކުވާ ބަލަމުންދާތީ އެކަމާ ގުޅޭ އެއްވެސް ކަމެއް ނުކުރަން މިއަދު މެންދުރު އަންގާފައިވަނީ،" މުއައްވިޒު ވިދާޅުވި އެވެ.
އަމިއްލަ ބަޔަކު އޭސީސީ އަށް މައްސަލަ ހުށަހެޅީ ހައްޖު ކޯޓާ ހޯދަން ހުށަހެޅި ގްރޫޕްތަކުގެ ޕްރޮޕޯޒަލް އިސްލާމިކް މިނިސްޓްރީން އިވެލުއޭޓް ކުރުމަށް ފަހު ޕޮއިންޓް ދީފައިވަނީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް ބުނެ އެވެ.
އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިއަކު ދެއްކެވި ކަމަށް ވާހަކައެއްގެ އޯޑިއޯ އެއް ވެސް ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯގައި އޭނާ ވިދާޅުވާ ގޮތުން ހައްޖާއި އުމުރާ އަށް މީހުން ގެންދަން ގްރޫޕްތަކެއް ހަދައިދީފައިވާނެ ކަމަށާއި އެހެން ހުރިހާ ގްރޫޕްތަކުގެ ހުއްދަ ބާތިލް ކޮށްލާނެ ކަމަށެވެ. އެއަށް ފަހު ދެން ކުރިމަތިލެވޭނީ ފަސް ލައްކަ ރުފިޔާގެ ގެރެންޓީއެއް ބެހެއްޓުމަށް ފަހު ބިޑް ޕްރޮޕޯޒަލެއް ގަނެގެން ކަމަށް އެ އޯޑިއޯގައި އޭނާ ވިދާޅުވެ އެވެ.
އެ އޯޑިއޯއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ހައްޖު ހުއްދަ ދިނުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
ހައްޖު ބީލަން އަލުން ހުޅުވާލަން ސިސިލްފަރުން އެދިއްޖެ
މިދިއަ އަހަރުގެ 1000 ހައްޖު ކޯޓާ ޕީޕީއެމަށް ބަހާލި
އިސްލާމިކް މިނިސްޓްރީން އަމަލުކުރީ އެންގި ގޮތާ ޚިލާފަށް
ހައްޖު ކޯޓާ ދިން ގޮތުން އޭސީސީ އަނެއްކާ ކަންބޮޑުވެއްޖެ
ހައްޖު ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަނީ
ހައްޖު ޕްރޮޕޯޒަލް އަލުން އިވެލުއޭޓް ކުރަން އަންގައިފި
"ހައްޖުގެ ކަންކަން ކުރިއަށްގެންދާނީ ތަހުގީގަށް ފަހު"
ގަވާއިދާ ހިލާފަށް ހައްޖުގެ ފުރުސަތެއް ނުދެން: ޝަހީމް
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް