Roadha Mihaaru
ދެ ވަނަ ބުރުގެ ފަހު ޖާގަ ޔުނައިޓެޑް ވިކްޓަރީ އަށް

ވެޓެރަންސް ކަޕް: ދެ ވަނަ ބުރުގެ ފަހު ޖާގަ ޔުނައިޓެޑް ވިކްޓަރީ އަށް

20 ޖޫން 2016

ޕްލޭ އޮފް މެޗުގައި ޕެނަލްޓީ ޖަަހައިގެން 6-5 އިން ވިކްޓަރީ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ވެޓެރަންސް ކަޕްގެ ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕްލޭ އޮފް މެޗުގައި ޕެނަލްޓީ ޖަަހައިގެން 6-5 އިން ވިކްޓަރީ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ވެޓެރަންސް ކަޕްގެ ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދައިފި އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ވަނީ އެ ޓީމަށް ލީޑު ނަގައިދިީފަ އެވެ. ވިކްޓަރީ އަށް މެޗުގެ 21 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ އަހުމަދު ޝާކިރު (ޝާކިއްޓޭ) އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓަރީން ދެ ވަނަ ފަހަރަށް ލީޑު ނެގި އެވެ. މެޗުގެ 31 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ވެސް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އައްލޯ އެވެ. އައްލޯ މި ލަނޑު ޖެހީ އޯވަހެޑް ކިކަކުންނެވެ.

ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭ ވިކްޓަރީ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ އަބްދުﷲ މުފީދެވެ. ތިން ވަނަ ލަނޑެއް ޖެހުމަށް ވިކްޓަރީ އަށް އިތުރު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އަދި ޔުނައިޓެޑް ވިކްޓަރީން ފޮނުވާލި ގިނަ ހަމަލާތަކެއް މިއަދުގެ މެޗުގައި ވިކްޓަރީ ގޯލު ބެލެހެއްޓި އަހުމަދު މުޖުތަބާ (ފެސްކޯ) މަތަކުރި އެވެ.

ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ވިކްޓަރީން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދާލައިފަ އެވެ. އަދި ޔުނައިޓެޑް ވިކްޓަރީ މޮޅުވީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ވިކްޓަރީގެ ޝާކިއްޓޭ އާއި އިބްރާހިމް ޝިނާޒު ޖެހި ދެ ޕެނަލްޓީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އިސްމާއިލް ޒަރިޔަންދު ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ބުރުގެ ގްރޫޕް އޭގައި ހިމެނެނީ ވެލެންސިއާ އާއި ދިވެހި ސިފައިންގެ ކްލަބް އަދި ބީޖީ ސްޕޯޓްސް އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ނިއު ރޭޑިއަންޓާއި މާޒިޔާ އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ވެލެންސިއާ ބައްދަލުކުރާނީ ސިފައިންނާ އެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.