Roadha Mihaaru
އަބްދުﷲ ފައުންޑޭޝަނުން އެއް މިލިއަން ރޯދަ ވީއްލުން ހިލޭ

ކިންގް އަބްދުﷲ ފައުންޑޭޝަނުން އެއް މިލިއަން ރޯދަ ވީއްލުން ހިލޭ

28 މެއި 2017

ރިޔާޒް (މެއި 28) - ސައުދީ އަރަބިއާގެ ކިންގް އަބްދުﷲ އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ ހިއުމެނިޓޭރިއަން ސާވިސަސް އިން މި އަހަރު އެއް މިލިއަން ރޯދަ ވީއްލުން ހިލޭ ދޭން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (މެއި 28) - ސައުދީ އަރަބިއާގެ ކިންގް އަބްދުﷲ އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ ހިއުމެނިޓޭރިއަން ސާވިސަސް އިން މި އަހަރު އެއް މިލިއަން ރޯދަ ވީއްލުން ހިލޭ ދޭން ނިންމައިފި އެވެ.

ކިންގް އަބްދުﷲ ފައުންޑޭޝަނުން ދުވާލަކު 30،000 މީހުންނަށް ރޯދަ ވީއްލުން ދޭނެ އެވެ. މިއީ މެދުއިރުމަތީގައި ވެސް ހިންގާ ރޯދަ ވީއްލުމުގެ އެންމެ ބޮޑު ޕްރޮޖެކްޓެވެ.

މި ޕްރޮޖެކްޓުގެ މެނޭޖްމަންޓުގެ އޮފީހަކީ އިންޑަސްޓްރިއަލް ސިޓީ ކަލްޗަރަލް ސެންޓަރެވެ. ރޯދަ ވީއްލުމުގެ ޕްރޮޖްކެޓް ފައްޓަވައިދެއްވީ ފައުންޑޭޝަނުގެ ސީއީއޯ ޕްރިންސް ތުރްކީ ބިން އަބްދުﷲ އެވެ. އޭނާ އަކީ ކުރީގެ ރަސްގެފާން އަބްދުﷲ ބިން އަބްދުލް އަޒީޒުގެ ދަރިކަލެކެވެ. އަދި ރިޔާޒު ޕްރޮވިންސްގެ ގަވަރްނަރު ވެސް މެ އެވެ.

ފައުންޑޭޝަނުގެ ޗެއާމަން އަދި ކޯ-ފައުންޑާ ޝެއިޚް ވަލީދު އަލް މަރްޒޫކީ ވިދާޅުވީ މީގެ 20 އަހަރު ކުރިން މި ޕްރޮޖެކްޓް ފެށި އިރު ރޯދަ ވީއްލުން ދެނީ ދުވާލަކު 500 މީހުންނަށް ކަމަށެވެ.

"މަހަކު 15،000 މީހުންނަށް ރޯދަ ވީއްލުން ދިން ޕްރޮޖެކްޓެއް މިއަދު އެއް މިލިއަން މީހުންނަށް ރޯދަ ވީއްލުން ފޯރުކޮށްދެވޭތީ ވަރަށް ބޮޑަށް އުފާވޭ،" ވަލީ އަލް މަރްޒޫކީ ވިދާޅުވި އެވެ.