Roadha Mihaaru
ނިއު ބަލިކޮށް ވެލެންސިއާ އަށް ރަނގަޅު ފެށުމެއް

ނިއު ބަލިކޮށް ވެލެންސިއާ އަށް ރަނގަޅު ފެށުމެއް

31 މެއި 2017

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އަތުން 3-0 އިން މޮޅުވެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާ މުބާރާތުގެ ފެށުން މިއަދު ރަނގަޅުކޮށްފި އެވެ.

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އަތުން 3-0 އިން މޮޅުވެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާ މުބާރާތުގެ ފެށުން މިއަދު ރަނގަޅުކޮށްފި އެވެ.

މި މެޗަކީ އިއްޔެ ކުޅެން ހަމަޖެހިފައި އޮތް މެެޗެކެވެ. އެހެން ނަމަވެސް ވިއްސާރަ ވުމުގެ ސަަބަބުން އިއްޔެގެ މެޗުގެ ފުރަތަމަ ހާފަށް ފަހު ވަނީ މެޗު ހުއްޓާލައިފަ އެވެ. އޭރު ނަތީޖާ އަކީ 0-0 އެވެ.

މިއަދު ޓާފް އެއް ނަންބަރު ދަނޑުގައި މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ވެލެންސިއާ އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ ވެލެންސިއާގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. ދެ ވަނަ ލަނޑު ޖެހީ އަބްދުﷲ ޝާހިދު (ޝާޑު) އެވެ.

ފުރަތަމަ ހާފްގައި ވެލެންސިއާގެ ތިން ވަނަ ލަނޑު ޖެހީ ވެސް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޝާޑު އެވެ. މީގެ އިތުރުން ފުރަތަމަ ހާފްގައި ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކުޅުންތެރިއާ ޝާޑު ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ދެ ވަނަ ހާފްގައި އިތުރު ލަނޑު ޖަހަން ވެެލެންސިއާ އަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެހެން ނަމަވެސް އޭގެން އެއްވެސް ފުރުސަތެއް ލަނޑަކަށް ހަދާލެވޭ ގޮތެއްނުވި އެވެ. ވެލެންސިއާ އަށް މި ހާފްގައި ލަނޑެއް ޖަހައިދޭން އެންމެ ހުސް ފުރުސަތުތައް ލިބުނީ އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި މޯނިންސަން މޫސާމަނިކު (ކުޑަމޫސަ) އަދި މުހައްމަަދު ޖަމީލް (ޖަމްބެ) އަށެވެ.

ނިއު އަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މައުސޫމް އަބްދުލް ގަފޫރު (މާސޭ) ފޮނުވާލި ހަމަލާތައް ވެލެންސިއާ ކީޕަރު އަސްލަމް އަބްދުއްރަހީމް ވަނީ މަތަކޮށްފަ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ދެ ވަނަ ބުރުގެ ސީދާ ޖާގައެއް ލިބޭނީ ގްރޫޕް އޭގެ ތިން ޓީމާއި ގްރޫޕް ބީގެ ދެ ޓީމަށެވެ. ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭނީ ގްރޫޕް އޭގެ ހަތަރު ވަނަ އާއި ގްރޫޕް ބީގެ ތިން ވަނަ ޓީމު ބައްދަލުކުރާ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

ދެ ވަނަ ބުރުގައި ކުޅޭނީ ވެސް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ފުރަތަމަ ބުރުން ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ތިން ވަނަ ޓީމުގެ އިތުރުން ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. އަނެއް ގްރޫޕްގައި ހިމެނެނީ ފުރަތަމަ ބުރުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ އިތުރުން ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ. ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަކަށް ސެމީން ޖާގަ ލިބޭނެ އެވެ.

މި ފަހަރުގެ މުބާރާތުގައި ވެސް ހަތް ޓީމު ވާދަކުރެ އެވެ. މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ދިވެހި ސިފައިންގެ ކްލަބެވެ.