Roadha Mihaaru
އަމާނާ ތަކަފުލް އިން ސާޕްލަސް ފައިސާ ބަހަނީ

އަމާނާ ތަކަފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017

އަމާނާ ތަކާފުލް މޯލްޑިވްސް އިން މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް 13 ޕަސެންޓް ސާޕްލަސްގެ ގޮތުގައި ބެހުމަށް ނިންމައިފި އެވެ.

އަމާނާ ތަކާފުލް މޯލްޑިވްސް އިން މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް 13 ޕަސެންޓް ސާޕްލަސްގެ ގޮތުގައި ބެހުމަށް ނިންމައިފި އެވެ.

އަމާނާ ތަކަފުލްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމީ އިންޝުއަރަންސް ތަޢާރަފުކޮށް އަދި ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްގެން ހިދުމަތް ދެމުންދާ ހަމައެކަނި އިންޝުއަރަންސް ކުންފުންޏެވެ.

"އަމާނާ ތަކަފުލްގެ ކުރިއެރުންތަށް މިވަނީ އިތުރު ހަރުފަތެއް ގިރާކޮށްފައި. ތޭރަ އަހަރުގެ ދިގު ރާސްތާގައި އަމާނާ ތަކާފުލްއިން ކަޑަތުކޮށްފައި މިވަނީ ކުންފުނީގެ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި އަދި ދިވެހި ރައްޔިތުންގެ އެއްބާރުލުމާއި އެކުގައި. ވޭތުވެދިޔަ 2016 ވަނަ އަހަރަކީ ކުންފުނިން އިތުރު މަސައްކަތްތަކެއް ކޮށް ކުންފުނީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކާއި ހިއްސާދާރުންނަށް އުފާވެރި ނަތީޖާތަކެއް ނެރެދީފައިވާ އަހަރެއް،" އަމާނާ ތަކަފުލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ. އެ ކުންފުނިން ބުނީ އަމާނާ ތަކަފުލްގެ އިންޝުއަރަންސް ބިނާވެފައިވާ ތަކާފުލް އުސޫލުގެ ތެރެއިން ރިސްކް ފަންޑުގައި ބައިވެރިވެފައިވާ ފަރާތްތަކަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހަށް 13 ޕަސެންޓް ސާޕްލަސްގެ ގޮތުގައި ބެހުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 2016 ވަނައަހަރު ކްލެއިމެއް ހުށަހަޅާފައިނުވާ ހުރިހާ ފަރާތްތަކަކަށް ސާޕްލަސް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަމާނާ ތަކަފުލް އިން ބުންޏެވެ.

އެ ކުންފުނިން މިދިޔަ އަހަރު ބަދަލުގެ ގޮތުގައި 33.2 މިލިއަން ދިވެހި ރުފިޔާ ރިސްކް ފަންޑުގެ ބައިވެރިން ތެރެއިން އެކިއެކި ހާދިސާތަކުގައި ގެއްލުންވި ފަރާތްތަކަށް ދީފައިވެ އެވެ. "އެހެނިހެން އިންޝުއަރަންސް އާއި ތަކާފުލްގެ އެންމެ ބޮޑު ތަފާތަކީ ވެސް ތަކާފުލް ކޮންޓްރިބިއުޝަން ފަންޑު. އެގޮތުން ރިސްކު ފަންޑުގެ ބައިވެރިންގެ މެދުގައި ބަހާލައިގެން ގެއްލުން ލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ތަކާފުލް ފަންޑުގެ އެއް އަސާސް،" އަމާނާ އިން ބުންޏެވެ.

އަމާނާ ތަކާފުލްގެ ޢާމްދަނީ 2016 ވަނައަހަރު ވަނީ 19 ޕަސެންޓް އިތުރުވެފަ އެވެ. އަދި، މިއީ އަމާނާ ތަކާފުލްގެ ތާރީހުގައި 100 މިލިއަން ރުފިޔާގެ އާމްދަނީ އެއް އަހަރު ދުވަހުގެ ވިޔަފާރިން ހޯދުނު ފުރަތަމަ އަހަރެވެ.

"ކުންފުނީގެ ހިންގުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނެސް ވިޔަފާރީގެ ވާދަވެރިކަމުގެ ތެރޭގައި ފައިހަމަކުރުމަށް ކުންފުނީގެ ފަރާތުންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. އަހަރުން އަހަރަށް ކުންފުނީގެ އުދަރެސް ފުޅާކުރުމަށް އެތެރޭގެ ހިންގުމާއި އަދި ބޭރުގެ އޮއިވަރަށް މިސްރާބު ބައްޓަން ކުރުމުގައި އަމާނާ ތަކާފުލްއިން ހިތްވަރާއިއެކު މަސައްކަތްކުރޭ. ނަތީޖާއަކީ ދިވެހިންންގެ ތެރޭގައި އަމާނާ ތަކާފުލްގެ އިތުބާރު ބޮޑުވެ ހިދުމަތް ހޯދާ ފަރާތްތައް އަހަރުން އަހަރަށް ދަނީ އިތުރުވަމުން. އަމާނާ ތަކާފުލްގެ އަމާޒަކީ ދިވެހިންނަށް އިސްލާމިކް އިންޝުއަރަންސްގެ ފޮނިމީރުކަން ހަމަހަމަގޮތުގައި ގެނެސްދިނުމުގައި ދެމިތިބުން،" އެ ކުންފުނިން ބުންޏެވެ.