Roadha Mihaaru
އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ފަށައިފި

އިންޝުއަރެންސް ކުންފުނިތަކުން އަލުން ކޭޝްލެސް ހިދުމަތް ފަށައިފި

06 ނޮވެމްބަރ 2024

ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހުންނަށް އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ނުދޭން ނިންމުމާ އެކު، ކޭޝްލެސް ހިދުމަތް ހުއްޓާލި ތިން ކުންފުންޏަކުން އަލުން ހިދުމަތް ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހުންނަށް އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ނުދޭން ނިންމުމާ އެކު، ކޭޝްލެސް ހިދުމަތް ހުއްޓާލި ތިން ކުންފުންޏަކުން އަލުން ހިދުމަތް ފަށައިފި އެވެ.

އާސަންދަ ރިފޯމްކުރަން ފަށައި، އެ ސްކީމަށް ގެނައި ބަދަލުގެ ދަށުން ޕްރައިވެޓް އިންޝުއަރެންސެއް އޮތް ނަމަ، އޭގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ސިއްހީ ހިދުމަތްދޭ ތަންތަނަށް އަންގައި އެގޮތަށް އަމަލުކުރަން ފެށީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.

އެ ނިންމުމާ އެކު، ޖެހިގެން އައި ދުވަހު ބައެއް ތަންތަނުން ކޭޝްލެސް ހިދުމަތް ހުއްޓާލި އެވެ. އެކަމާ ހެދި، ހިދުމަތް ހޯދާ މީހުން އަމިއްލަ އަތުން ފައިސާ ދައްކަން ޖެހުމުން ޝަކުވާ ވަރަށް ބޮޑުވެ، ސަރުކާރުގެ އިންޝުއަރެންސް ކުންފުނި، އެލައިޑުން ވަނީ ކޭޝްލެސް ހިދުމަތް އަލުން ފަށައިފަ އެވެ.

އޭގެ އިތުރުން ހިދުމަތް މެދުކަނޑާލި، އަމާނާ ތަކާފުލް އާއި ސޮލަރެލް އިން ވެސް މި ހަފުތާގައި ވަނީ އަލުން ހިދުމަތް ފަށައިފަ އެވެ.

ކޭޝްލެސް ހިދުމަތް މެދުކަނޑާލުމުން އެ ފައިސާ އަނބުރާ ލިބޭނީ، ފަރުވާ ހޯދަން ހޭދަކުރި ބިލު، އެ މީހެއްގެ އަމިއްލައަށް އިންޝުއަރެންސް ކުންފުންޏަށް ހުށަހެޅުމުންނެވެ.

އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް މެދުކަނޑާލުމުން އައި ކަންބޮޑުވުންތަކާ އެކު އެންސްޕާ އިން ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ހިދުމަތްތަކަށް އަމިއްލަ އަށް ފައިސާ ދައްކަން ޖެހޭ ކޮންމެ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށެވެ.