Roadha Mihaaru
34 ބަނދަރު ހަދަން 1 ބިލިއަން ރުފިޔާ ހަރަދުކޮށްފި

34 ބަނދަރު ހަދަން 1 ބިލިއަން ރުފިޔާ ހަރަދު ކޮށްފިން: މުއިއްޒު

12 ޖޫން 2017

ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދައި ނިންމުމަށް 1.2 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދައި ނިންމުމަށް 1.2 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އޮމަދޫ ބަނދަރުގެ މަޝްރޫއު ފެށޭނެ ތާރީހެއް ބެއްލެވުމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ މިހާތަނަށް 29 ރަށެއްގެ ފަޅު ފުން ކުރުމާއި މެއިންޓަނެންސްގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި 39 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ހަތް ރަށެއްގެ ޖެޓީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ހުރިހާ މަސައްކަތަކަށް 1.4 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުތަކާ ހިލާފަށް، އެންމެ ގިނަ ރަށްރަށުގެ ލަފާ ފުރުމުގެ ދަތިތަކަށް ހައްލު ގެނައީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

"ސަރުކާރުން 16 ރަށުގެ ބަނދަރު މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން،" މުއިއްޒު ވިދާޅުވި އެވެ.

އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގޮސްފައިވާ ހިސާބެއް ސާފުކޮށް ދެއްވުމަށް މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އޮމަދޫ ބަނދަރު ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމަކު މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓުގައި ހިމެނިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އެ މަސައްކަތް އަދި ފެށޭ ގޮތް ނުވޭ. މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިއްޖެނަމަ، އެ މަޝްރޫއު ކުރިއަށް ގެންދާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ރަށުގައި މިހާރު ލަފާފުރުމަށް ބޭނުން ކުރަނީ ޖެޓީއެކެވެ. އެ ގޮތުން ޖެޓީ އޮތީ ވަރަށް ނިކަމެތި ގޮތެއްގައި ކަމަށާއި އޮމަދޫ ބަނދަރު ހެދުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.