Roadha Mihaaru
12 ރަށެއްގެ ބިން ހިއްކަން އެއް ބިލިއަން ޚަރަދުކުރި

12 ރަށެއްގެ ބިން ހިއްކަން އެއް ބިލިއަން ރުފިޔާ ޚަރަދު ކުރިން: މުއިއްޒު

07 ޖޫން 2017

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 12 ރަށެއްގައި ބިން ހިއްކައި ނިންމުމަށް 1.7 ބިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 12 ރަށެއްގައި ބިން ހިއްކައި ނިންމުމަށް 1.7 ބިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތާ ގުޅޭ ގޮތުން ކުރެއްވި ސުވާލުގެ ޖަވާވު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި 12 ރަށެއްގެ ބިން ހިއްކުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުވީ ބިން ހިއްކުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށެވެ. އެ ގޮތުން ސަރުކާރުން 360 ހެކްޓަރުގެ ބިން ހިއްކާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގޮސްފައިވާ ހިސާބެއް ސާފުކޮށް ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެއީ މި އަހަރު ކުރިއަށް ގެންދަން ނުނިންމާ މަޝްރޫއެއް ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ވެވަޑައިގެންފައިވާ ވައުުދުތައް ފުއްދަވާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވާ މަޝްރޫއެއް މި އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ބޮޑެތި ބައެއް ރަށްތަކުގެ ތެރޭގައި ހުޅުމާލެ، ސ. ފޭދޫ، ގދ. ތިނަދޫ، ކ. ހިންމަފުށި، ކ. ތުލުސްދޫ ފަދަ ރަށްތައް ހިމެނެ އެވެ.

ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް މި އަހަރު ފެށުމުގެ މަސައްކަތް ކުރައްވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެމްޓީސީސީ އަށް ޑްރެޖަރެއް ހޯދަނީ، ބޭރުން ޑްރެޖަރެއް ގެންނަން ކުރާ ހަރަދު ކުޑަ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިން ހިއްކުމުގެ މަޝްރޫއު ހިންގަނީ މުސްތަގުބަލަށްޓަކައި، ރަށްރަށުގެ އާބާދީ އަދި އާބާދީ އެއްފަސް ކުރަން ބޭނުންވާ އަދަދަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް،" މުއިއްޒު ވިދާޅުވި އެވެ.