Roadha Mihaaru

ލަވައެއް ހިޓެއް: ޝިއުޒާއި ސަންފާގެ ދިޔަ

18 ޖޫން 2017

މުހައްމަދު ޝިއުޒް މިއުޒިކުގައި "ކާލާ މަންނަ" ކުޅުނު ހިސާބަކީ ރާއްޖޭގައި އޭނާ ތަރިއަކަށް ބަދަލުކޮށްލި ދުވަހެވެ. ނަމަވެސް އެއަށް ވުރެ ކުރީގެ ޖީލަކަށް ނިސްބަތްވާ މީހުން ބުނާނީ ޝިއުޒަކީ އަބަދުވެސް ތަރިއެއް ކަމަށެވެ. ފަހަރެއްގައި ހަގީގަތަކީ އެއީ އެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

މުހައްމަދު ޝިއުޒް މިއުޒިކުގައި "ކާލާ މަންނަ" ކުޅުނު ހިސާބަކީ ރާއްޖޭގައި އޭނާ ތަރިއަކަށް ބަދަލުކޮށްލި ދުވަހެވެ. ނަމަވެސް އެއަށް ވުރެ ކުރީގެ ޖީލަކަށް ނިސްބަތްވާ މީހުން ބުނާނީ ޝިއުޒަކީ އަބަދުވެސް ތަރިއެއް ކަމަށެވެ. ފަހަރެއްގައި ހަގީގަތަކީ އެއީ އެވެ.

ކުރީގެ މަޝްހޫރު ބޭންޑްތައް ކަމުގައިވީ ކްއިކްސޭންޑާއި ޓްވެންޓިއަތު ސެންޗުރީ ބީސީ ފަދަ ކްލެސިކް ބޭންޑްތަކަށް މިއުޒިކް ކުޅުނު ހުނަރުވެރިއެއް ކަމަށްވާ ހަސަންދީ އަކީ ޝިއުޒްގެ ބައްޕަ އެވެ. ބައްޕަގެ ފިޔަވަޅުމަތިން ކީބޯޑްކުޅެމުން މިއުޒިކްގެ ދުނިޔެ އަށް ވަދެ ޝިއުޒުގެ ފުރަތަމަ ލަވަ، "އޭ މަލާ އިޝްގީ" ރިކޯޑްކުރީ 1998 ވަނަ އަހަރު އެވެ.

ނަމަވެސް އެ ލަވައެއް ނުނެރެވި އުޅެނިކޮށް ލީކުވެގެން، ކާކުކީ ލަވައެއްކަން ވެސް ނޭނގޭ ފަދަ ގޮތަކަށް ދިވެހިންގެ މެދުގައި އެ ލަވަ އަބަދަށްފެހި އަމިއްލަ ރާގަކަށް ބަދަލުވީ އެވެ. "ބޮބް މާލޭގެ ކާލާ މަންނާއި" "ހީވިއޭ" އަދި "ކުލަ ޔެލޯ" ކަހަލަ ފަހުގެ ލަވަތަކުން ޝިއުޒު މަޝްހޫރުވުމުގެ ކުރިން އޭނާ އަސްލު ތަރިއަކަށް ބަދަލުކޮށްލަދިން ލަވައަކީ "އޭ މަލާ" އެވެ.

ޓަސް އާއި ޑިންބާ މިއުޒިކާ އެކުގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޝިއުޒުގެ އަލަތު އަލްބަމަކީ ޑިންބާ ފެމިލީއާ އެކު ނެރުނު "ކުލަ ޔެލޯ" އެވެ. އާމްދަނީއެއްގެ ގޮތުގައި ޝިއުޒް ރިސޯޓް މިއުޒިކް ކުޅޭތާ މިހާރު 16 އަހަރުވީ އެވެ.

ލަވައެއް ހިޓެއްގެ މިފަހަރުގެ ސެގްމަންޓަށް އޭނާ ހަދިޔާކުރަނީ ކުރިއަށް ހުރި އާ ލަވަތަކުގެ ތެރެއިން ލަވައެކެވެ. "ސަންފާގެ ދިޔަ" ގެ ނަމުން ނަން ދީފައިވާ މި ލަވައަކީ ޔަގީނަށް ވެސް "ކާލާ މަންނަ" ގެ ފޭނުންނަށް ހިޓަކަށް ވެގެންދާނެ ލަވައެކެވެ.