Roadha Mihaaru
ދިރާގުން އީދު ހަދިޔާ ބަހައިފި

ދިރާގުން އީދު ހަދިޔާ ބަހައިފި

25 ޖޫން 2017

މިއަދު ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅުވައިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދިރާގުން އީދު ހަދިޔާ ބަހައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިއަދު ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅުވައިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދިރާގުން އީދު ހަދިޔާ ބަހައިފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމުކޮށްފައިވާ އަށް އަތޮޅުގައި އީދު ފާހަގަ ކުރުމަށް ކުޑަކުދިން ޖަމާވާ އެކި ސަރަހައްދުތަކުގައި އީދު ނަމާދަށް ފަހު ހަދިޔާ ބަހާފައިވާ ކަމަށެވެ. ހަދިޔާ ބެހުމުގައި ބައިވެރިވީ ދިރާގުގެ މުވައްޒަފުންނެވެ.

ކުޑަކުއްޖަކަށް ދިރާގުގެ މުވައްޒަފަކު މިއަދު އީދު ހަދިޔާ ދެނީ.---ފޮޓޯ: ދިރާގު

ކުޑަކުއްޖަކަށް ދިރާގުގެ މުވައްޒަފަކު މިއަދު އީދު ހަދިޔާ ދެނީ.---ފޮޓޯ: ދިރާގު

ދިރާގުން ބުނި ގޮތުގައި އީދު ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށް ވެފައި މިފަދަ ހަރަކާތެއް ބޭއްވުމަކީ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް އީދުގެ އުފަލުގައި އެންމެން ބައިވެރި ކުރުމަށް ލިބޭ ފުރުސަތެކެވެ. އަދި ކުޑަކުދިން ބޭނުންވާ ހަދިޔާ ދިނުމަކީ ދިރާގުގެ މުވައްޒަފުންނަށް ލިބޭ އުފަލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކުޑަކުދިން ރައްކާތެރި ކުރުމާއި ހިމާޔަތް ކުރުމަށް ގޮވާލައި ދިރާގުން ވަނީ ގިނަ ހަރަކާތްތަކެއް ވެސް މީގެ ކުރިން ހިންގައިފަ އެވެ.

ދިރާގުގެ މުވައްޒަފަކު ކުޑަކުދިންތަކަކަށް މިއަދު އީދު ހަދިޔާ ދިނުމަށް ފަހު އެ ކުދިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ދިރާގު

ދިރާގުގެ މުވައްޒަފަކު ކުޑަކުދިންތަކަކަށް މިއަދު އީދު ހަދިޔާ ދިނުމަށް ފަހު އެ ކުދިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ދިރާގު

ދިރާގުން ބުނީ ކުޑަކުދިންނަށް ދިން ހަދިޔާގެ ތެރޭގައި ބޭނުންތެރި އެއްޗެހި ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ކިއެވުމަށް ބޭނުންވާ ތަފާތު އެއްޗެހި ހިމެނެ އެވެ.

ދިރާގުން ވަނީ މިދިޔަ އަހަރުގެ ފިތުރު އީދާ ގުޅިގެން ވެސް ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފަ އެވެ.