މުސްހަފު މާލްދީފްގެ 50،000 އަށް ވުރެ ގިނަ ކޮޕީ މިހާތަނަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
02 ޖުލައި 2017
މުސްހަފު މާލްދީފްގެ 50،000 އަށް ވުރެ ގިނަ ކޮޕީ މިހާތަނަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ފުރަތަމަ ޗާޕްކުރި 100،000 ކޮޕީގެ ތެރެއިން ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކާއި އެކި ރަށްރަށަށް ހަވާލުކޮށްގެން 52،169 މުސްހަފު ބަހާފައިވާ ކަމަށް އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވި އެވެ. ފުރަތަމަ ބުރުގައި ގެނައި ކޮޕީ ބަހަމުން ދަނީ އުމުރުން 40 އަހަރުން ދަށުގެ މީހުންނަށެވެ.
އިސްލާމިކް މިނިސްޓްރީ އާއި ގުރުއާނާ ބެހޭ މަރުކަޒާއި ބަހްރެއިންގެ ގުރުއާން ކެއާ ސޮސައިޓީ ގުޅިގެން ފުރަތަމަ ޗާޕުކުރި މުސްހަފު މާލްދީފް އިސްލާމިކް މިނިސްޓްރީން ދޫކުރަމުން އަންނަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 1000 އާއި 1330 އާ ދެމެދު އެވެ.
މިނިސްޓްރީން ބުނީ ހުރިހާ ދިވެހިންނަށް އަންނަ އަހަރު ނިމުމުގެ ކުރިން، މުސްހަފު ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އިތުރު މުސްހަފު ޗާޕުކޮށްގެން ރާއްޖެ ގެންނާނެ ކަމަށް ވިދާޅުވި އެވެ.
މުސްހަފު މާލްދީފް މަޝްރޫއު ފެށީ އިސްލާމިކް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުންނެވި އިރު އެވެ.
ނައިފަރު ގުރުއާން ސެންޓަރަށް ވަގުފު ފަންޑުން އެހީވަނީ
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ
ބާކީވާ ހައްޖު ކޯޓާގެ ބައެއް ރާއްޖެއަށް ހޯދަން މަޝްވަރާ
"ބާ މިސްކިތްތަކުގެ ބަދަލުގައި އާ މިސްކިތްތައް އަޅާނެ"
"ހައްޖާ ގުޅޭ ހެލްތު ސާކިއުލާއަކީ އާ އުސޫލެއް ނޫން"
ގުރުއާން މުބާރާތުގެ ރަންވަނަ ޝާޔާ، ޝަބާ، ޝައިމްއަށް
ރައީސް އެދިވަޑައިގަތީ ދެނަމާދު ދޭތެރޭ ކިޔަވަން ފަށަން
މިނިސްޓްރީ މީހުންނަށް އުމްރާގްރޫޕް ނުހިންގޭ ގޮތް ހަދަނީ
ގުރުއާން މުބާރާތުގެ އެއް ވަނަ އަށް 75،000ރ.
ރާއްޖޭގައި މިވަގުތު 284 ހާފިޒުން އެބަތިބި