Roadha Mihaaru
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ

ހާފިޒުންގެ ދަސްވެނިވުން ބޮޑު ހަފުލާއެއްގެ ގޮތުގައި ބާއްވަނީ

17 ޖުލައި 2024

ރާއްޖޭގައި ކީރިތި ގުރުއާން ހިތުދަސްކުރާ ޒުވާނުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވާތީ، ހާފިޒުންގެ ދަސްވެނިވުން ވަކިން ބޮޑު ހަފުލާއެއްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ބާއްވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ރިތިކޮށް ގުރުއާން ކިޔަވަން އިސްކަންދޭ ފަދައިން ގުރުއާނުގައި ބަޔާންވެގެންވާ ރިވެތި އަހުލާގުގެ މައްޗަށް ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މި މުބާރާތަކީ އެ މަގަށް މަސައްކަތްކުރުމުގައި ވަރަށް މުހިންމު ބިންގަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޝަހީމް ވިދާޅުވި ގޮތުގައި، ގުރުއާން ކިޔެވުމުގެ މި މުބާރާތަކީ ވަރަށް ގިނަ ހުނަރުވެރި، ފަންނުވެރި މޮޅު ދަރިވަރުންނާއި މުދައްރިސުންނާއި އުސްތާޒުން އުފަންކުރުވި ހަރަކާތެކެވެ. އެހެންވެ، މި މުބާރާތުގެ މުއައްސިސް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޝަހީމް ޝުކުރު އަދާކުރެއްވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަމުގައި ވެސް މި މުބާރާތަށް ހާއްސަ އަހަމިއްޔަތުކަމެއް ދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

މިނިސްޓަރު ވަނީ ހާފިޒުން ދަސްވެނިވާ ހަފުލާ ކުލަގަދަކޮށް، ގައުމީ ފެންވަރުގައި ބޭއްވުމުގެ މުހިއްމު ކަން ފާހަގަކުރައްވައިފަ އެވެ.

"ސަބަބަކީ މި މުބާރާތުގެ ތެރެއިން، ގުރުއާން ހިތުދަސްކުރާ ކުދިންނަށް އިނާމު ދިނުން ހިމެނިފައި އޮންނަނީ ޒަމާނުންސުރެ އޮތް ގޮތެއް އެއީ. އެއީ ވަރަށް މަދުން އަހަރަކު ކުދިން ދަސްކުރާތީވެ. އެކަމަކު މިހާރު 30 އަށް ވުރެ މައްޗަށް އެބަދޭ. އެހެންވީމަ މި ދެ ހަފުލާ އެއްކޮށްގެން ގެންދިއުމަކީ އެއްވެސް ހަރަކާތަކަށް ދޭން ޖެހޭ ހައްގު ގަދަރު ނުދެވި ދާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މީހަކާ އިނާމް ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މީހަކާ އިނާމް ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ މީހުންނަށް ރަންތާޖާއި އެކަމުގެ ލިޔުން މިހާތަނަށް ހާވާލުކުރަމުން އައިސްފައި ވަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރަމަށް ބާއްވާ ރަސްމިއްޔާތުގަ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ވެސް 32 މީހަކު ވަނީ ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފަ އެވެ.