23 ޖޫން 2016
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހޯދި ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނު މައްސަލާގައި އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހޯދި ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނު މައްސަލާގައި އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުމުން އޭނާ 11 އަހަރަށް ޖަލަށް ލާން ދަށު ކޯޓާއި ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު ކުއްލި ގޮތަކަށް މި ހަފުތާގައި ހާމަވީ އެ ހަތިޔާރުން އަދީބުގެ ޑީއެންއޭ ފެނުނު ކަމެވެ.
ނާޒިމް ފްރޭމް ކުރިކަމުގެ ތުހުމަތު އޭނާ އާއި ވަކީލުންގެ ޓީމުން އަބަދުވެސް އަދީބުގެ ބޮލުގައި އަޅުވަ އެވެ. އެކަމަކު އޭގެ ހެއްކެއް ކުރިން ފުލުހުންނަށް ފެނިފައެއް ނުވެ އެވެ.
ހަތިޔާރުން އަދީބުގެ ޑީއެންއޭ ފެނުނު ކަމުގެ ރިޕޯޓް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ ފުލުހުން ފޮނުވާފައި ވިޔަސް އެކަމުގައި މިހާތަނަށް ވަކި ގޮތެއް ނުނިންމާ ކަމަށް އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ނާޒިމް ވަގުތުން ދޫކުރަން ވަކީލުން ގޮވާލާފައިވާ ވަނިކޮށެވެ.
ދައުލަތުން މިހާތަނަށް ވަކާލާތުކޮށްފައިވަނީ އެ ހަތިޔާރަކީ ނާޒިމްގެ އެއްޗެއް ކަމަށާއި އޭގެ ޒިންމާ ނާޒިމް ނަންގަވަން ޖެހޭނެ ކަމަށެވެ. އެކަމަކު އަލަށް ލިބުނު މައުލޫމާތުން މުޅި މަންޒަރު މިހާރު ވަނީ ބަދަލުވެފަ އެވެ.
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ހުކުމަށްއަސަރުކުރާނެ
ނާޒިމްގެ ދިފާއުގައި އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް
އަދީބާ ފިސްތޯލައާ ކޮން ގުޅުމެއް؟
ފިސްތޯލަ ގެންގުޅެގެން އަދީބަށް ކުރި ހުކުމް ގޯސް: ޕީޖީ
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
އަދީބަށް ބޭރަށް ދެވޭނީ ފައިސާ ދައްކާފައި: ރައީސް
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް
އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟