Roadha Mihaaru
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ

ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ

21 ޖެނުއަރީ 2019

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފި އެވެ.

ޖެނުއަރީ، 2015 ގައި ނާޒިމް ދިރިއުޅުއްވި ގޭގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު އެ މައްސަލަ އަލުން ބެލުމަށް ފަހު ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

ފުލުހުން ފަހުން ބުނެފައިވާ ގޮތުގައި، ފިސްތޯލައިން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފަ އެވެ. އަދި މި މައްސަލާގައި އެނގިވަޑައިގަންނަވާ މައުލޫމާތު ޝަރީއަތުގައި ދެއްވާނެ ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައިވަނީ ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލައިދޭން ނާޒިމްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމުނު ގޮތަށް ރިއާޔަތްކޮށް، އެ މައްސަލައިގެ ތަހުގީގު އަލުން ކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށެވެ.

ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާ އޭރު ވެސް ގެންދެވީ އެކަމަކީ ބަޔަކު އޭނާ ފްރޭމް ކުރުމަށް ކުރި ކަމެއް ކަމަށް ވިދާޅުވަމުންނެވެ.